Advertisement

ހޮނިހިރު ދުވަހު ފުވައްމުލަކު ދޫނޑިގަން އަވަށުގެ ބަޔަކުން ކަރަންޓު ކެނޑޭނެ!

ފޮޓޯ: ފައިލް ފޮޓޯ: ފައިލް

17 ސެޕްޓެމްބަރ 2022 ވަނަ ދުވަހު 09:00 އިން 09:30 އަށް ދޫނޑިގަން އަވަށުގެ ބަޔަކުން ކަރަންޓު ކެނޑޭނެ ވާހަކަ ފެނަކަ ފުވައްމުލަކު އޮފީހުން ބުނެފިއެވެ. 

Advertisement

ފެނަކަ ފުވައްމުލަކު އޮފީހުގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާގޮތުން ދޫނޑިގަން އަވަށުގެ 5 ނަމްބަރު ފީޑާގެ އެޗްވީ ކޭބަލް ބަދަލުކުރުމަށްޓަކައި  17 ސެޕްޓެމްބަރު 2022 ވާ (ހޮނިހިރު) ދުވަހު 09:00 - 09:30 އަށް ދޫނޑިގަން އަވަށުގެ މަންހަޖުލްހުދާ، ރީކޯ، އެއާރޕޯޓް، ޖޯޑަން އަދި ބަނދަރު ހިމެނޭ ސަރަހައްދު ތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.

މީގެ އިތުރުން އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭގޮތް ދިމާވެއްޖެނަމަ ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް (ކަރަންޓް އައުމުގެ ކުރިން) ބޭނުންކުރައްވާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ތަކެއްޗެއް ސްވިޗް ނިއްވާލާފައި ބެހެއްޓުމަކީ ރައްކާތެރިކަމުން އެޅިދާނެ ފިޔަވަޅެއް ކަމުގައި ހަނދާންކޮށްދީފައި ވެއެވެ. މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ފަރާތުން މަޢާފަށް އެދިފައިވެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 3035644 ނުވަތަ 7302296 ނަމްބަރ ފޯނަށް ގުޅުއްވުމަށްވެސް އެދިފައިވެއެވެ.

ސަރުކާރުން ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިހާރު ވަނީ އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް ފަށާފައެވެ. އަދި މި އިންޖީނުގެއާއި އެކު ރަށުގެ ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް ބުނެއެވެ. އެގޮން މިއީވެސް ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް އަޅާ ހައި ވޯލްޓޭޖް ކޭބަލެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު