Advertisement
Advertisement

ފުވައްމުލައް ސިޓީގައި ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ

ފޮޓޯ: ފޭސްބުކް ފޮޓޯ: ފޭސްބުކް

ފުވައްމުލައް ސިޓީއިން އެއްކޮށް ކަރަންޓާއި ފެން ކެނޑިއްޖެއެވެ.

Advertisement

 ރޭ ދަންވަރު 4 އެހާކަންހާއިރު ކަރަންޓު ކެނޑި އަދިވެސް އެއްކޮށް ހައްލު ނުކުރެވެއެވެ. ނަމަވެސް މިހާރު ފެނުގެ ޙިދުމަތް ދޭން ފަށާފައިވާކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު ފޭސްބުކް މެދުވެރިކުރައްވައި ކުރި ޕޯސްޓެއްގައި ވެއެވެ.

ފެނަކަ ފުވައްމުލަކާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ވާގޮތުން ކަރަންޓު ކެނޑެން މެދުވެރިވީ ހައިވޯލްޓޭޖް ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ ހައްލު ކުރެވި ކަރަންޓު ދެވޭނީ އެހެން ޓްރާންސްފޯމަރެއް ގެނެސްގެން ކަމަށް ފުވައްމުލަކު ފެނަކަ އާއި ހަވާލާދީ ބުނެފައިވެއެވެ. މި ޓްރާންސްފޯމަރު ގެންނަން ހަމަޖެހިފައިވަނީ އައްޑޫއިން ނެވެ. ނަމަވެސް ގެނެވޭނެ ދުވަހަކާއި ގަޑިއެއް އަދި ނޭގެއެވެ. މި ފަދަ ޓްރާންސްފޯމަރަކީ ބަރުދަނުގައި 9ވަރަކަށް ޓަނު ހުންނަ އެއްޗެއް ކަމުން އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

މިހާރު ލޯވޯލްޓޭޖްގައި ބައެއް ސަރަހައްދުތަކަށް ކަރަންޓު ވަނީ ދީފައެވެ. ނަމަވެސް މިއީ ނިސްބަތުން ވަރަށް މަދު ގެއެކެވެ. 

ފުވައްމުލަކަކީ ކަރަންޓުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވާ ރަށެކެވެ. މީގެ އިތުރުން މިހާރު ފުވައްމުލަކުގެ ކަރަންޓު ވިއުގައިގަ ރަށަށް ބޭނުންވާ ވަރަށް ޓްރާންސްފޯމަރު ނެތް ކަންވެސް ފާހަނގަ ކުރެވެއެވެ. ދާދިފަހުން ފުވައްމުލަކު ގެއެއްގެ ބިލު ބޮޑުވެ ކަރަންޓު ސާމާނު ތަކަށް މައްސަލަ ދިމާވާން ފެށުމުން ފުވައްމުލަކު ފެނަކަ އޮފީހަށް މައްސަލަ ޖެއްސުމުން ފެނަކަ މުއައްޒަފުން އައިސް މީޓަރު އެޅިއިރު 220v ނުލިބޭ ކަން ފާހަނގަ ކުރަން ޖެހެއެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ބޭނުންވާ ވަރަށް ވޯލްޓޭޖް ނުލިބޭނަމަ ކަރަންޓު ބިލް ބޮޑުވާނެ ކަން މިއީ ހަޤީގަތެކެވެ.

ނަމަވެސް މިކަމުގައި އަވަސް ހައްލެއް ލިބިގެންދާނެ ކަމުގެ އުންމީދެއް ނެތެވެ. ސަބަބަކީ ފެނަކައިން ބުނާގޮތުން ރަށުގެ ބައެއް ސަރަހައްދުތަކަށް ބޭނުންވާ ވަރަށް ވޯލްޓޭޖް ނުލިބޭތީ ޓްރާންސްފޯމަރު ބަހައްޓަން ނިންމާ ބައެއް ސަރަހައްދުގައި މިހާރު ވަނީ ބަހައްޓަން ފަށާފައެވެ. ނަމަވެސް އަދިވެސް ގިނަ ސަރަހައްދު ތަކަށް ވޯލްޓޭޖް ހަމަޔަށް ނުލިބެއެވެ. މިކަމާއި ގުޅިގެން ފެނަކަ ފުވައްމުލަކު އިސް ބޭފުޅަކާއި ސުވާލު ކޮށްލުމުން ވިދާޅުވީ އިތުރަށް ބަހައްޓަން ޖެހޭ ފޯމަރު ބެހެއްޓެން ފެށޭނެ ދުވަހެއް ދަންނަވަން ނޭގޭ ކަމަށެވެ.

ރައްޔިތުންގެ ޖީބަށް މިކަމުގެ ސަބަބުން ނުހަނު ބޮޑުތަނުން ބަރުވަމުންދާއިރު މި ބޮޑުވާތަނުން ލުޔެއް ދެވޭނެ ގޮތެއް ނޯވެއެވެ. ކޮންމެ ފަހަރަކު ބިލް ބޮޑުވެގެން ޝަކުވާ ކުރަންފެށީމަ ދޭ ޖަވާބަކީ މާ ހޫނު ގަދަވީމަ  އޭސީ ޖެހޭލެއް މާ ގިނައީ ކަމަށެވެ. ނަމަވެސް މިއީ މުޅިން ރަނގަޅުވާހަކައެއް ނޫނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު