Advertisement
Advertisement

ފުވައްމުލަކު ތައުލީމީ ދާއިރާ އަށް ސަރުކާރުން ބޮޑެތި އުމްރާނީ ކުރިއެރުންތައް ގެނެސްދީފި

ހަސަން ހައްސާމް

ފުވައްމުލައް ސިޓީގެ ތައުލީމީ ދާއިރާއަށް ސަރުކާރުން ބޮޑެތި ކުރިއެރުންތައް ގެނެސްދެމުންދާ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ, ހުޝާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ހުޝާމް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ތައުލީމެއް ދަރިވަރުންނަށް ދިނުން ކަމަށާއި އެކަން ކުރެވެން އަންނަނީ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލުކުރެވިގެން ކަމުގައެވެ. ސްކޫލްތައް އެއް ދަންފަޅިއަށް ހިންގުމަށްޓަކައި މި ސަރުކާރުން ދަނީ ފުވައްމުލަކުގެ ތައުލީމީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ގެނެސްދެމުން ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާ ކަމަށް ވިދާޅުވެ ހުޝާމް ވަނީ ޕްރޮޖެކްޓުތަކުގެ އަޕްޑޭޓް ދެއްވާފައެވެ.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އަށް:
 - މަދުވެގެން 50 މިލިއަން ރުފިޔާ ހޭދަ ވާނެ
- 2 ސްކޫލެއްގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުން
- އެމްޖޭއެސް ސްކޫލަށް ކޮމްޕިއުޓަރ ލެބެއް ހެދުން
- 46 ކްލާސްރޫމް އިމާރާތް ކުރުން

އެގޮތުން ފުވައްމުލަކު އެމް.ޖޭ.އެސް ސްކޫލްގައި ބޮޑު މަލްޓިޕާޕަސް ހޯލެއް އިމާރާތްކޮށް ނިމި މިހާރު ދަނީ ބޭނުން ކުރަމުން ކަމަށާއި އަދި ހަމަ އެސްކޫލްގައި 16 ކްލާސްރޫމް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ، މީގެ އިތުރުން އެ ސްކޫލްގައި ކޮމްޕިއުޓަރ ލެބެއް ވެސް ހަދަމުންދާ ކަން ހުޝާމް ފާހަގަކުރެއްވިއެވެ.


ހާފިޒް އަހުމަދު ސްކޫލް އާއި އޭއީސީގެ އަޕްޑޭޓެއް ދެއްވަމުން ހުޝާމް ވިދާޅުވީ ހާފިޒު އަހުމަދު ސްކޫލްގައި 16 ކްލާސްރޫމްގެ 3 ބުރި އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް އޮތީ ޓެންޑަރ ކުރެވިފައެވެ.

ފުވައްމުލަކުގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ ފުވައްމުލައް ސްކޫލްގައި ވެސް ބޮޑު މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތުގެ ފައުންޑޭޝަނުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެތަން ބޭނުން ކުރެވޭ ވަރު ވާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވި ގޮތުގައި ފުވައްމުލަކު ރައްޔިތުން މީގެ ކުރިން ނުދެކޭހާ ގިނަ ޕްރޮޖެކްޓަކެއް ސަރުކާރުން ދަނީ އެރަށުގައި ހިންގަމުންނެވެ. އަދި ކުރިއަށް ދުވަސްތަކުގައި އާ މަޝްރޫއުތަކުގެ މަސައްކަތް ފުވައްމުލަކުގައި ފެށިގެންދާތަން ފެނިގެން ދާނެ ކަމަށެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު