Advertisement
Advertisement

ރަށި ކެޑެން ހުދެ ކެޑަހަ: ހަސަން ވާސިފު ހުސައިން (ވަޓިކާ)

ހަސަން ވާސިފު ހުސައިން (ވަޓިކާ) ހަސަން ވާސިފު ހުސައިން (ވަޓިކާ)

ދިވެހިރާއްޖޭގެ މެންބަރުން އެންމެ ގިނަ އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސްގެ މަގާމުގެ ބައި އިލެކްޝަން މާރޗް 4 ވަނަ ދުވަހު އޮންނާނެއެވެ. 4 ބޭފުޅުން ވާދަކުރައްވާ މި އިންތިހާބުގައި އެންމެ ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި ފެންނަނީ ފުވައްމުލައް ސިޓީ ފުނާޑު ފަޅަގަނޑިގެ، ހަސަން ވާސިފު ހުސައިން (ވަޓިކާ) އެވެ.

Advertisement

ހަސަން ވާސިފު ހުސައިން (ވަޓިކާ)ގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ. ވާސިފް (ވަޓިކާ) ނުކުންނަނީ 'ރަށި ކެޑެން ހުދެ ކެޑަހަ' ޝިއާރުގެ ދަށުން، ވަކި އަވަށެއް، ވަކި ދާއިރާއެއް، ވަކި ފެކްޝަނެއް އަދި ވަކި ކުލައަކަށް ފިކުރަކަށް ބެލުމެއް ނެތި މުޅި ފުވައްމުލައް ތަމްސީލުކުރުމުގެ އަޒުމުގައެވެ. ވަކިން ހާއްސަކޮށް ޒުވާނުންނާއި ގުޅިގެން އެމްޑިޕީގެ ސިޔާސީ މަސައްކަތްތައް ވަރުގަދަ ކުރުމަށްޓަކައެވެ.

ހަސަން ވާސިފު ހުސައިން ނުވަތަ މަޝްހޫރު ނަމުން ނަމަ ވަޓިކާ އަކީ ސިޔާސީ މަސައްކަތުގައި އަބަދުވެސް ހީވާގި އުފެއްދުންތެރި މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވުނު އެމްޑިޕީގެ މެންބަރެކެވެ. އެގޮތުން މާލެ އާއި ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ އެކިއެކި ހަރަކާތްތަކުގައި ވަރަށް އިސްކޮށް ވާސިފް ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތް އިރު ކުރިއަށް ގެންދިޔަ މަގުމަތީގެ ހަރަކާތްތަކުގަ ވެސް ބައިވެރިވިއެވެ. މީގެ އިތުރުން އެކި އިންތިހާބުތައް އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރިއެވެ.

ވާސިފް (ވަޓިކާ) އަކީ ދެ ޖިންސުގެ ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭ ބޭފުޅެކެވެ. ވަކިން ހާއްސަކޮށް ވޯޓުލާ އާބާދީގެ ބޮޑުބައި ހިއްސާކުރާ ޒުވާނުންނާއި ވާސިފް (ވަޓިކާ)ގެ ގުޅުން ބޮޑުވެފައި ރަނގަޅެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން 43 ޕަސެންޓަކީ ޒުވާނުންނެވެ. އެހެން ކަމުން ފުވައްމުލަކުގެ ޒުވާނުންގެ ތާއީދު ހޯދައި ވޯޓު އިތުރުކުރުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ބޭފުޅަކަށް ވަނީ ވާސިފް (ވަޓިކާ) ކަން ޔަގީނެވެ.

ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވިޔަފާރި ކުރާ އަދި ވިޔަފާރީގެ ދާއިރާގެ ގިނަ ތަޖުރިބާ ތަކެއް ހުރި ވާސިފް (ވަޓިކާ) ގިނަ ބަޔަކަށް ފާހަގަ ކުރެވިގެން ދިޔައީ ޒުވާނުންނަށް ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ކުޅިވަރު މުބާރާތްތަކާއި، ޒުވާނުންނާއި ގުޅޭ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އަދި ޒުވާނުންގެ ކުޅިވަރު މުބާރާތްތަކަކަށް އަމިއްލަ ޖީބުން ބޮޑެތި އެތައް ހޭދައެއް ކޮށްފައިވެއެވެ.

ވާސިފް (ވަޓިކާ) އަކީ އެމްޑިޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދި އެ ދެ ބޭފުޅުންގެ ޓީމުގެ މެންބަރުންނާއި ވެސް ގުޅުން ބާއްވާ ބޭފުޅެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު