ކްރިޕްޓޯ ޕޭމަންޓެއްގެގޮތުގައި ބަލައިގަންނަން - ސިލްވަރ ކައުންޓީ

ޕޭމަންޓް މެތަޑެއްގެ ގޮތުގައި ކްރިޕްޓޯ ބަލައިގަތުން ފުވައްމުލަކުގެ ގެސްޓް ހޮޓަލަކުން ފަށައިފިއެވެ. މިއީ ރާއްޖޭގައި ރިސޯޓްތަށް ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ކްރިޕްޓޯ ޕޭމަންޓެއް ގޮތުގައި ބަލައިގަންނަ ފުރަތަމަ ވިޔަފާރިއެވެ.

ސިލްވަރ ކައުންޓީގެ ވެރިޔާ ކެޕްޓަން އިރުޝާދު މަޢުލޫމާތު ދެއްވާ ގޮތުގައި ހޮޓަލުން ކްރިޕްޓޯ ޕޭމަންޓެއްގެ ގޮތުގައި ބަލައިގަންނަން ފެށިތާ ހަފްތާއެއް ވެދާނެއެވެ.

ސިޓީ ހޮޓަލް ކޮންސެޕްޓް ނަމޫނާއަކަށް ބަލައި ހިންގަމުންދާ ސިލްވަރ ކައުންޓީގެ ވެރިޔާ ވިދާޅުވާ ގޮތުގައި ކްރިޕްޓޯ ބަލައިގަންނަން ފަށާފައިވަނީ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުންދާތީއެވެ.

ސިލްވަރ ކައުންޓީއަކީ ޖާގައިގެ ގޮތުން ބޮޑު، 20 ކޮޓަރީގެ ހޮޓަލެކެވެ. ފުވައްމުލަކު ދިގުވާޑު އަވަށުގައި 2 ބުރިއަށް ހަދާފައިވާ މި ހޮޓަލުގައި ‘އިން ހައުސް’ ގެސްޓުންނަށް ކެވޭ ގޮތަށް ރެސްޓޯރެންޓެއް ހުރެއެވެ.

ކެޕްޓަން އިރުޝާދު މަޢުލޫމާތު ދެއްވާ ގޮތުން ހޮޓަލުގެ ރޫމްތައް ފަރުމާ ކޮށްފައިވަނީ 2 ވިއުއެއް ލިބޭ ގޮތަށެވެ.

ކްރިޕްޓޯ ޕޭމަންޓެއްގެ ގޮތުގައި ބަލައިގަންނަން ފެށި ސިލްވަރ ކައުންޓީއިން ވަނީ ކުރިއަށް އޮތް އީދު ބަންދާއި ދިމާކޮށް ދިވެހިން އަދި ވޯކް ޕާމިޓް ހޯލްޑަރުންނަށް ޚާއްސަ އަގުތަކެއްގައި ޕްރޯމޯޝަނެއްވެސް ފަށާފައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
މުހައްމާ
ރަށި ހިށި އެއްމެ ކަޑަތަން