ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ނޫސްވެރިކަމުގެ ދާއިރާގެ ޑިގްރީ ކޯސްތައް ފަށަނީ!

އަލީ ޝިޔާޒް

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން "ބެޗެލަރ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ" ގެ ނަމުގައި އައު ކޯހެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ. 

މި ކޯހަކީ ނޫސްވެރިކަމާއި، މަލްޓިމީޑިއާ އަދި ވިޝުއަލް މީޑިއާ ކޮމިއުނިކޭޝަންގެ ދާއިރާތަކަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ކޯހެކެވެ. 

މި ކޯހުގެ ޝަރުޠުތަކަކީ ވެސް ކޮލެޖުން ހިންގާ އެހެނިހެން ޑިގްރީ ކޯސްތަކަށް ވަނުމަށް ކަނޑައަޅާފައިވާ އާންމު ޝަރުޠުތަކެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ކޯހަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކިޔަވައިދެވޭ ކޯހެކެވެ. ކޯހުގައި ކިޔަވައިދޭނީ އަހަރަކު ދެ ސެމިސްޓަރގައެވެ.

 ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮގަސްޓު މަހުގެ 21 ވާ ބުދަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެއެވެ. ކޯހާ ގުޅޭ އިތުރު މަޢުލޫމާތު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ވެބްސައިޓުންނާއި އިޖުތިމާޢީ މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮލެޖުގެ ހޮޓްލައިން ނަންބަރު 7902562 އަށް ގުޅައިގެން މައުލޫމާތހ ހޯދުމަށް އެ ކޮލެޖުން ވަނީ އެދިފައެވެ. 

ކިޔުންތެރިންގެ ހިޔާލު