ފުވައްމުލަކުގައި ހިންގި ޖޫނިއަރ ކޯޗިންގ އަދި ޓޭބަލް އޮފިޝަލް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

އައިޝް
ޖޫނިއަރ ކޯޗިންގ އަދި ޓޭބަލް އޮފިޝަލް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި / --ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް ޖޫނިއަރ ކޯޗިންގ އަދި ޓޭބަލް އޮފިޝަލް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި / --ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިޔަ ޖޫނިއަރ ކޯޗިންގ އަދި ޓޭބަލް އޮފިޝަލް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް އަސްލަމް ރަޝީދެވެ.

މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މިސިޓީގައި ކުރިޔަށް ގެންދިޔަ ކޯހެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މިކޯހުގައި 14 ބައިވެރިން ޖޫނިއަރ ކޯސް ފުރިހަމަ ކޮށްފައިވާއިރު، 12 ބައިވެރިން ވަނީ ޓޭބަލް އޮފިޝަލް ކޯސް ފުރިހަމަ ކޮށްފައެވެެ.


ޓޭބަލް އޮފިޝަލް ކޯހަކީ ބާސްކެޓްބޯޅަ ދަސްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްކަމަށާއި، އަދި ޖޫނިއަރ ކޯޗިންގް ކޯސް ކުރިޔަށް ގެންގޮސްފައިވަނީ ޒުވާން ކޯޗުން އުފެއްދުމުގެ އަމާޒުގައިކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މި ކޯސް ކުރިޔަށް ގެންދިޔައީ މިމަހުގެ 7ން- 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ދަނީ މިސިޓީގައި ބައެއްކަހަލަ ކުޅިވަރުތައް އާލާކުރުމަށް ސަމާލުކަމެއް ދެމުންނެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
Abdulla Rasheed
ކައުންސިލުންރައްރަށައްދަތުކުރާއިރުލޯޗުކާރިކުރާޖެޓީގެ ހިޔާވާގެމަތަނުފެއްނަނީބާ؟އަޅުގަޑުމެންލަދުގަނޭ މިވެރިންނައްވޯޓުދެވުނީތީ ފުޓުސެލްދަޑައް2.5މިލިއަން ޚަރަދުކުރީދަޑިމަގުމޭޔަރު ވަރައްވެސްރަގަޅުހޭދައެއް އަވަށުދަޑުވިއްޔާއޯކޭ ވަރައްސަލާމް