އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓެއްގައި ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

އައިޝް
ކެރޭނު ފުރޮޅާލި ސަރަހައްދު -- ފޮޓޯ: ވަގުތު ކެރޭނު ފުރޮޅާލި ސަރަހައްދު -- ފޮޓޯ: ވަގުތު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓެއްގައި ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފިއެވެ. 

މިހާދިސާއާއި ގުޅިގެން މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ފްލެޓުތައް ހުންނަ ސަރަހައްދާއި ދާދި ކައިރީގައި ކަމަށެވެ.

އަދި މީގެ އިތުރުން ފުލުހުން ވިދާޅުވީ، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، އަދި މިހާދިސާ ހިނގާދިޔަގޮތުގެ ތަހުގީގު މިވަގުތު ދަނީ ކުރިޔަށް ކަމަށެވެ.

މިއީ ކޮން ކުންފުންޏެއްގެ ކެރޭނެއްކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު