Advertisement
Advertisement

60 ވަނަ ނޭޝަނަލް ޓީޓީ ޗެމްޕިއަންޝިޕް ގައި ފުވައްމުލަކު 8 ބައިވެރިން ވާދަ ކުރަނީ

ޓީޓީ ޗެމްޕިއަންޝިޕް ގައި ބައިވެރިވާ ކުއްޖަކަށް ޖާޒީ ހަވާލް ކުރަނީ: ފޮޓޯ ސިޓީ ކައުންސިލް ޓީޓީ ޗެމްޕިއަންޝިޕް ގައި ބައިވެރިވާ ކުއްޖަކަށް ޖާޒީ ހަވާލް ކުރަނީ: ފޮޓޯ ސިޓީ ކައުންސިލް

60 ވަނަ ނޭޝަނަލް ޓީޓީ ޗެމްޕިއަންޝިޕް ގައި ފުވައްމުލަކުން 4 އަންހެން ކުދިންނާއި 4 ފިރިހެން ކުދިން ވާދަ ކުރާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލަރ އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރަށިކަބަރޮ އަށް ދިން އިންޓަރވިއުއެއްގައި އިބްރާހިމް މުޙައްމަދު ވިދާޅުވީ މި މުބާރާތް ފެށޭނީ މި މަހު 25 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މިހާރުވެސް ރޭންކިން ކުރުމުގެ ގޮތުން ފަރިތަކުރުން ތަކެއް ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގައި ބާއްވާ ޓީޓީގެ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި 13 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަ ކުރާނެއެވެ. މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހހިފައިވަނީ މާލެ ޓީޓީ ސެންޓަރުގައެވެ. މި މުބާރާތަށް ކުދިން ހޮވާފައިވަނީ ފުވައްމުލަކު ސިޓީ ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ހިމެނޭ ބައިވެރިންގެ ތެރެއިން ހޮވާލެވުނު 8 ދަރިވަރުންނެވެ. 

މި މުބާރާތުގައި މާލެ ފިޔަވައި އެހެން ސްކޫލަކުން ބައިވެރިވެފައި ވަނީ ހަމައެކަނި ފުވައްމުލައް ސިޓީންނެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު