Advertisement
Advertisement

ފުވައްމުލަކުގައި ހުވަންޏަށް ބޭސް ޖަހަން ފަށަނީ - ކައުންސިލް

އެފްސީސީއިން ފުވައްމުލަކުގައި ބޭސް ޖެހުން ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު މާދަމާ (19-05-2021) ވަނަދުވަހު އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

އިބުރާހީމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ސްޓޭޓަސް މެދުވެރިކޮށް މިއަދު ކުރި ޕޯސްޓެއްގައެވެ. އިތުރަށް ވިދާޅުވީ ފަށައިގަންނައިރު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އިސްކަންދީގެން ބޭސް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން ހުވަނީގެ އުނދަގޫވާ ފަރާތްތަކުން 7315001 ނަމްބަރ އަށް ގުޅާ ނަންނޯޓް ކުރަން އެދިފައިވެއެވެ.

އަނެއްކާވެސް ހުވަނީގެ އުނދަގޫ ރަށު ރައްޔިތުންނަށް ފޯރަމުންދާތީ، އެންމެ އެދެވިގެންވާ ސްޕީޑުގައި ހުރިހާ ސަރަހައްދަށް ފޯރުކޮށްދިނުމުގައި ލަސްތަކެއް މެދުވެރިވެދާނެކަމަށްޓަކައި ރައްޔިތުންގެ ފަރާތުން މާފަށް އެދިފައިވެއެވެ. އަދި މިފަދަ ދަތި ދުވަސްވަރެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.

ހުވަންޏަކީ ފުވައްމުލަކުގައި އެކި ދުވަސްވަރު ވަރަށްގިނައިން އަޅާ ފަންޏެކެވެ. އާންމުކޮށް މި ފަނި ފެންނަނީ ފުނަ ގަހުގައެވެ. އަދި މި ފަނި ހަށިގަނޑުގެ ކަޅު ހަމުގައި ޖެހިއްޖެނަމަ ބައެއް މީހުން ވަރަށްބޮޑަށް އެލާރޖިކް ވެއެވެ. އެހެންކަމުން މިކަމަކީ އަބަދުވެސް ރައްޔިތުންގެ ނުހަނު ގިނަ ޝަކުވާ ކައުންސިލަށް އަންނާނެ ކަމެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު