Advertisement
Advertisement

ނޭހާގެ އާ ލަވައަށް ބޮޑު ތަރުހީބެއް

ނެހާ ކައްކަރާއި އޭނާގެ ފިރިމީހާ ރޯހަން ޕްރީތު ސިންގް ކިޔާފައިވާ "ކިޔާލް ރަކްޔާ ކަރް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

Advertisement

ލޯބީގެ މި ލަވައަށް އެތައް މިލިއަން ވިއުސްއެއް ލިބިފައިވާއިރު އެ ލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާތީ ނެހާ އާއި އޭނާގެ ފިރިމީހާ ވަނީ ލިބެމުންދާ ތަރުހީބަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

މި ލަވަ ޕްރޮމޯޓްކުރުމަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ނެހާ ވަނީ އޭނާ ބަނޑުބޮޑުކޮށް ހުއްޓާ ފެނިގެންދާ ފޮޓޯއެއް ވެސް ދޫކޮށްލާފަ އެވެ. އެއާއެކު އޭނާ ބަނޑުބޮޑު ހަބަރު ފެތުރިގެންދިޔަ ނަމަވެސް ފަހުން ވަނީ އެއީ ލަވައެއްގެ ޕޯސްޓަރެއްކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެކަމާއި ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ. 

ނޭހާގެ ލަވަތަކަށް ލިބޭ މަޝްހޫރުކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު