Advertisement
Advertisement

އެނގޭތަ؟ ޓެންޒޭނިއާގެ އާ ރައިސަކީ މުސްލިމް އަންހެން ކަނބަލެއް

ސާމިއާ ހަސަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ސާމިއާ ހަސަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި

ޓެންޒޭނިއާގެ ރައީސް ކަމުގެ ހުވާ މި މަހު 19 ވަނަ ދުވަހު ކުރެއްވި ސާމިއާ ސުލޫހޫ ހަސަން އަކީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސާއެވެ.

Advertisement

މުސްލިމް ދުނިޔެއަށް ސާމިޢާ ހަސަން ހާއްސަވާ އެއް ސަބަބަކީ އެކަމަނާ އަކީ މުސްލިމް ބޭކަނބަލަކަށް ވުމާއި އެކު ހިޖާބު (ބުރުގާ) ވެސް ތުރުކުރައްވާތީއެވެ. އުމުރުފުޅުން 61 އަހަރުގެ ސާމިއާ ހަސަން ނިސްބަތްވެވަޑައިގަންނަވަނީ މެދު ފަންތީގެ މުސްލިމް އާއިލާ އަކަށެވެ.

ޓެންޒޭނިއާގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ސާމިއާ އަށް ގައުމުގެ 6 ވަނަ ރައީސްގެ ގޮތުގައި މަގާމު ލިބިވަޑައިގެންނެވީ 2020 ވަނަ އަހަރު އޮކްޓޫބަރު މަހު އެގައުމުގައި ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ޖޯން މަހުފުލީ ކުއްލި ގޮތަކަށް އަވަހާރަވުމުންނެވެ. ސާމިއާ ވަނީ މަހުފުލީ އާއި އެކު 2015 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް ރަނިންގ މޭޓުގެ ގޮތުގައި ވާދަކޮށް އެގައުމުގެ ފުރަތަމަ އަންހެން ނައިބު ރައީސްގެ މަގާމު އަދާކޮށްފައެވެ.

ކޮވިޑު ޖެހި ހާލު ދެރަވެގެން މި މަހު 17 ވަނަ ދުވަހު އަވަހާރަވި ކަމަށް އަޑު ފެތުރިފައިވާ ޖޯން މަހުފުލީގެ ދެވަނަ ދައުރުގެ ބާކީ ބައި ފުރިހަމަ ކުރައްވާނީ މި ވަގުތު އެފްރިކާ ބައްރުގައި ވެސް ހުރި ހަމަ އެކަނި އަންހެން ރައިސާ ކަމަށްވާ ސާމިއާ ހަސަން އެވެ.

މާމާ ސާމިއާގެ ނަމުން ޓެންޒޭނިއާގައި މަޝްހޫރު ސާމިއާ ހަސަން އެކަމަނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ޒެންޒިބާރުގެ ޕާލިމެންޓުންނެވެ. އޭގެ ފަހުން ސްޓޭތް މިނިސްޓަރު ކަމާއި ޓެންޒޭނިއާގެ އާ ގާނުނު އަސާސީ އެކުލަވާލި މަޖިލިސްގެ ވައިސް ޗެއަރޕާސަންގެ ރޯލުވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ. 

ފުރިހަމަ ނަން: ސާމިއާ ސުލޫހޫ ހަސަން
އުފަން ތާރީހު: 27 ޖެނުއަރީ 1960 
އުފަންވެވަޑައިގެންނެވީ: ޒެންޒިބާރު، ޓެންޒޭނިއާ 
ތައުލީމް ހާސިލް ކުރެއވި ދާއިރާ: ޕަބްލިކް އެޑްމިނިސްޓްރޭޝަން 
ވެރިކަން ލިބިވަޑައިގެންނެވީ: 19 މާރިޗު 2021 



Advertisement
ކިޔުންތެރިންގެ ހިޔާލު