Advertisement

ވަޒީފާއެއް ބޭނުންތަ؟ ޖޮބްސް އޮފް މޯލްޑިވްސް ގައި ރެޖިސްޓާ ކޮށްލާ.

މުހައްމަދު ޝަހީދު
ޖޮބްސް އޮފް މޯލްޑިވްސްގެ ސްކްރީން ޝޮޓެއް ޖޮބްސް އޮފް މޯލްޑިވްސްގެ ސްކްރީން ޝޮޓެއް

ޖޮބްސް އޮފް މޯލްޑިވްސް (jobsofmaldives.com) ގެ ނަމުގައި ވެބްސައިޓެއް ލައުންޗް ކޮށްފިއެވެ. މި ވެބްސައިޓުގައި ވަޒީފާއެއް ހޯދަން ބޭނުންވާ ވަރަށްގިނަ ފަސޭހަތަކެއް އެކުލެވިގެންވެއެވެ. މި ވެބްސައިޓުގެ ފައުންޑަރ، އަދި ސީއީއޯ އަހްމަދު ސައީދު ވިދާޅުވީ މި ވެބްސައިޓުގައި ރެޖިސްޓާ ކުރަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި އަދި ފްރީ ޓެމްޕްލެޓް ބޭނުންކޮށްގެން ސީވީ ވެސް ހެދޭނެ ކަމަށެވެ. މިގެ އިތުރުން އަހްމަދު ސައީދު ބުނީ މިފަދަ ވެބްސައިޓެއް ހަދަން ޖެހުނީ، ރާއްޖޭގެ ގިނަ ރައްޔިތުން ވަޒީފާއެއް ހޯދަން އެޕްލައި ކުރަންވީމަ ޖެހެނީ ކޮންމެވެސް ރައްޓެއްސަކު ކާރީގައި އާދޭސް ކުރާށެވެ. މި ވެބްސައިޓުގެ ޒަރިއްޔާއިން ޔޫޒާގެ ފުރިހަމަ މަޢުލޫމާތު ފުރިހަމަ ކޮށްފައި ބޭނުންވާ ޓެމްޕްލޭޓް ސެލެކްޓް ކުރީމަ ވަގުތުން ސީވީ ޖެނެރޭޓް ކުރެވޭނެ. އަދިވެސް މި ވެބްސައިޓް ގައި ވަޒީފާ ދޭ ފަރާތްތަކަށް ވެސް ޚާއްޞަ ލޮގިން ހެދޭނެ އެވެ. އެގޮތުން މި ލޮގިން ބޭނުން ކޮށްގެން ވަޒީފާ ބޭނުންވެފައިވާ ފަރާތްތަކާއި މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖެހިފައި ވެއެވެ.

Advertisement

ޔޫޒާ ހެދުމަށްފަހު އެކްޓިވޭޓް ކުރަން އީމެއިލެއް ފޮނުވާނެ، އެ އީމެއިލްގެ އިންނަ ލިންކެއް ބޭނުން ކޮށްގެން އެކްޓިވޭޓް ކުރުމަށްފަހު، ޕްރޮފައިލް އަޕްޑޭޓް ކުރާނީ އެވެ. އެގޮތުން %30 ކޮމްޕްލީޓް ވީމަ އޮޓޮމެޓިކުން އެ މީހާ ޕޯޓަލް އިން ފެންނަން ހުންނާނެއެވެ. އަދި މި ޕްރޮފައިލް %50 ފުރިހަމަ ކުރީމަ ޕަބްލިޝް ކޮށްފައިވާ ޖޮބް ތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އެ ޔޫޒާ އަށް ލިބިގެންދާނެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިއީ ބޭނުން ކޮށްލަން ވަރަށް ފަސޭހަ ވެބްސައިޓެއް ކަން ފާހަނގަ ވެއެވެ.

މި ވެބްސައިޓުގައިވާ ޒާތީ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާއި ޙިއްސާ ނުކުރާނެ ކަމުގެ %100 ޔަގީންކަން ވެސް ވެރިފަރާތުން ދެއްވާ. ޖޮބްސް އޮފް މޯލްޑިވްސް ދެކެން ބޭނުންވަނީ ވަޒީފާ ދޭ ފަރާތްތަކަށާއި، ވަޒީފާ ލިބިގަންނަ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދިއުން ކަމަށް މި ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.  

މި ވެބްސައިޓަކީ ފުވައްމުލަކު ރައްޔިތަކު އިސްނަގައިގެން އުފެއްދި ފުވައްމުލަކު އުފެއްދުމެއް ކަން ފާހަނގަ ކޮށްލަން ޖެހެއެވެ. ފުވައްމުލަކަކީ ޓެކްނޮލޮޖީ އާއި ގުޅުން ހުރި ދާއިރާތަކުން ފާހަނގަ ކުރެވޭ ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެކެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު