Advertisement
Advertisement

ފުވައްމުލައް ސިޓީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވިޔަފާރި ކުރަމުންދާތީ އެކަން ހުއްޓުވަން ފުލުހުންނާއި އެކު މަސައްކަތް ކުރަން ފަށައިފި

ފުވައްމުލަށް ފުވައްމުލަށް
ފުވައްމުލައް ސިޓީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވިޔަފާރި ކުރަމުންދާތީ އެކަން ހުއްޓުވަން ފުލުހުންނާއި އެކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ގުރޫޕް ހަދައިގެން ވިޔަފާރި އުސޫލުން ކޮންސްޓްރަކްޝަން މަސައްކަތް ރަށުތެރޭގައި ކުރުމާއި ފުވައްމުލަކުގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަށް ރަށުތެރެއަށާއި މާލެ ފޮނުވައިގެން ވިއްކައި ވިޔަފާރި ކުރުން ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މިކަމަކީ ރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައި ވެސް މި ބަޔާނުގައި ވެއެވެ.

Advertisement

ފުވައްމުލަކުން މިފަދަ ފަރާތްތަކުން މާލެ ފޮނުވަނީ ބޯޓު ފަހަރުގައެވެ. އެހެންވީމަ މިފަދަ ތަކެތި ބޯޓު ފަހަރަށް ނޭރުވުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންނާއި އެއްވެސް މަސައްކަތެއް ޙަވާލު ނުކުރުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

8 އޯގަސްޓް 2022 އިން ފެށިގެން ޤަވާއިދާ ޚިލާފަށް މިފަދަ ވިޔަފާރި ކުރާ ބިދޭސިންނާއި، ޤަވާއިދާ ޚިލާފަށް ބިދޭސިންނާ މަސައްކަތް ޙަވާލުކޮށްގެން ވިޔަފާރި ކުރާފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކައުންސިލާއި ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ވެސް މި އެންގުމުގައި ވެއެވެ.

ފުވައްމުލަކަކީ ވެސް ބިދޭސިން ވަރަށް ގިނައިން މަސައްކަތް ކުރަމުންދާ ރަށެކެވެ. މި މީހުން ނުކުރާ މަސައްކަތެއް ނުހުރެއެވެ. ތަރުކާރީގެ ބާވަތުން ފެށިގެން ގެދޮރު ބިނާ ކުރަންވެސް ބިދޭސިން އަމިއްލަ ގުރޫޕް ހަދައިގެން އުޅޭކަން ގިނަ ބަޔަކަށް އެނގެއެވެ. މިކަމަކީ ކޮންމެހެން ވެސް ހައްލު ކުރަން ޖެހިފައިވާ މައްސަލައެއް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު