މުއްސަނދި ވެވެން އޮތީ އަތުގައި އޮތް ފޯނުން

އޭ.އައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް އޭ.އައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް

ބޭންކު ލޯނަކާ ނުލާ މުއްސަނދިވާން ބޭނުން ހެއްޔެވެ. މިލިޔުން ކިޔައިގެން މުއްސަނޖެއް ނުވާނެއެެވެ. ނަމަވެސް ބޭންކް ބަނޑަށް ޖެހެނީ ކަމަށް އަޅުގަނޑު ޝައްކުކުރާއިރު ބޭންކުގައި މިހާރު ހުރި ފައިސާއަށް ވާނެ ގޮތެއް ބުނެދޭން މަސައްކަތް ކުރާނެމެވެ. ހިތްވަރެއް ހުރިއްޔާ މުއްސަނދި ކަންވެސް ހޯދިދާނެ މަގެއްވެސް މިލިޔުމުގައި ހިމަނާނަމެވެ. އެހާ ފަސޭހައެއް ނުވާނެއެވެ. ކުރަންވީ ކަމަކީ މިލިޔުން ކިޔާލުމަށްފަހު ކުޑަކޮށް ޓެކްނޮލޮޖީއާއި ރައްޓެހި ވެލަންވީއެވެ. އައި.ފޯނު 16 ގަންނަނީ 'މިރާ ސެލްފީ' އާއި 'ބާތު ރޫމް ސެލްފީ' ނަގަން އެކަނި ކަމަށްވާނަމަ މިލިޔުން ކިޔާނެ ކަމެއް ނެތެވެ.



ތަންކޮޅެއް ދުރުން ފަށާނަމެވެ. މީގެ 4000 ވަރަކަށް އަހަރުކުރިން މީސްމީހުންގެ އަތުގައި ހުންނަ ފައިސާކޮޅު ރައްކާކޮށްދޭނެ ކަމަށް އިސްތިހާރުކޮށްގެން ބޭންކިންގ ނިޒާމެއް އުފެދުނެވެ. އަދި މުޅި ދުނިޔޭގައި މިވިޔަފާރި ފުޅާވެ އެކި މީސްމީހުން ބޭންކުތަކުން ނަފާ ހޯދަމުން ދިޔައެވެ. ބައެއް މީހުން ބޭންކުތަކުން ދޫކުރާ ލޯނުތައް ނަގާ މަހުޖަނުންނަށް ވިއެވެ. އަދި ބައެއް މީހުން ލޯނުތަކުގެ އަވާގައި ޖެހި 'ބިކާރީންނަށް' ވިއެވެ. ސަރުުކާރުތަކުން ބޭންކު މެދުވެރިކޮށް ކުރަނީ ކޮންކަމެއްކަން ބުނެދޭކަށް ނޭނގެއެވެ. މިހާ ދުވަސްވީ ވިޔަފާރި ނުވަތަ ބޭންކުތައް މިހާރު ބަނޑަން ޖެހެންއުޅޭހެން ހީވާން ފަށައިފިއެވެ. ބޭރު ފައިސާއަށް ބަރޯސާވެގެން ހިންގާ ބޭންކިންގ ނިޒާމުތައް ޒަމާނާ ރައްޓެހިވާން މަޖުބޫރުވަނީއެވެ.



މިސާލަކާއެކު ކުރިޔަށް ދާނަމެވެ. 2009 ވަނަ އަހަރުގެ ކުރިން ކްރިޕްޓޯކަރަންސީއަކީ ކޮބައިކަން ގިނަ ބަޔަކަށް ނޭނގޭނެއެވެ. 2010 ވަނައަހަރު ބިޓްކޮއިންއަށް އަގެއް ލިބުނު އިރު އަގު ނުވަތަ ވެލިއު އަކީ 0.003 ޔޫ.އެސް ޑޮލަރެވެ. ބަޔަކު މީހުން ދުރުރާސްތާ ވިސްނުމުގައި މިކޮއިންއަށް އިންވެސްޓްކުރިއެވެ. މަމޮޅު ހެދިފަތިބޭ ރޯނު އެދުރުން ބިޓްކޮއިން ގަތް މީހުންނަށް ހޯއްގޮވާ މައްލަވަވެސް ކުރިއެވެ. ނަމަވެސް 2021 ވަނަ އަހަރު 1 ބިޓްކޮއިންގެ އަގު 50،000 ޔޫ.އެސް ޑޮލަރަށް އެރުމުން އެއްކަލަ މޮޔައިން ވެގެން ދިޔައީ މިލިއަނަރުންނަށެވެ. އެހެންކަމުން ސުރުހީގައި އަޅުގަނޑު ބޭންކުތައް ބަނޑަށް ޖެހެނީއޭ ބުނުމުންވެސް ބަޔަކު މައްލަވަކޮށް ހޯއްގޮވާފާނެއެވެ. ވަރިހަމައެވެ. މިއީ ހަޤީޤަތެއްކަން ސާބިތުވަނީ ފާޑުފާޑުގެ ލިމިޓްތަކެކޭ ކިޔައިގެން ބޭންކުން ބިރުދައްކާތީއެވެ.



ދަންނަވަންތޯއެވެ. ސެންޓްރަލައިޒްޑް ބޭންކިންގ ނިޒާމު މިއަދު މިދަނީ ޑީސެންޓްރަލައިޒްޑް ބޭންކިންގ ސިސްޓަމަކަށް ބަދަލުވަމުންނެވެ. ބޭންކު އެކައުންޓަކީ 'އަންބޮނޑި' އަށް މިހާރު މިދަނީ ބަދަލުވަމުންނެވެ. ކްރިޕްޓޯ ވޮލެޓްގައި ހުންނަ ކޮއިންތަކުން ވިޔަފާރި ކުރެވެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބާޒާރުކޮށްލުމަށްވެސް ކްރިޕްޓޯ ބޭނުން ކުރެވެއެވެ. ކްރިޕްޓޯ ކާޑެއް ހިލޭ ސާބަހަށް އިސްތިހާރު ކޮށްދިނުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތެވެ. ނަމަވެސް އެފަދަ ކާޑްތަކުން ރާއްޖޭގައިވެސް ކުރެވޭ ބޭނުންތައް އެބައޮތެވެ. ރާއްޖޭގެ ކޮންވެސް ހިސާބެއްގެ ކޮންވެސް ވިޔަފާރިއެއްގެ ޚިދުމަތްތަކަށް މިހާރުވެސް ކްރިޕްޓޯ އިން އަގު ދެއްކޭކަމީ ހަޤީޤަތެވެ.



ކަން މިހެން އޮތް އިރު، އަދި ޓެކްނޮޮލޮޖީ މިވަރަށް ކުރިއަރާއިރު ބޭންކިންގ ސިސްޓަމް އޮތީ ނިދާފައެވެ. އަދިވެސް ބަރޯސާވަނީ ޔޫ.އެސް ޑޮލަރަށެވެ. ދިވެހީންގެ ތެރޭގައިވެސް ކްރިޕްޓޯއަށް ބަރޯސާވާ މީހުން ވަރަށް ގިނައެވެ. މިކަން ދިރާސާކޮށްލުމަށް ފޮރެކްސް ޓްރޭޑް ސިގްނަލް ދޭ ދުނިޔޭގެ މަޝްހޫރު އެކި ޓެލްގްރާމް ގްރޫޕްތައް ހާވާލީމެވެ. ދިވެހިން ވަރަށް ގިނައެވެ. ބައެއް ދިވެހިން އެންމެ ދުވަހެއްގެ ޓްރޭޑިންގ ސެޝަންއަކުން 10،000 - 50،000 އާއި ދެމެދުގެ ޑޮލަރު ހަދާފައި ހުއްޓެވެ. މި ޑޮލަރުތައް ޔޫ.އެސް.ޑީ.ޓީ ނުވަތަ އެހެންވެސް ކްރިޕްޓޯ ކޮއިންއެއްގެ ސިފައިގައި ނަގާނީ އެމީހުންގެ ކްރިޕްޓޯ ވޮލެޓަށެވެ. އާދެ ބޭންކު އެކައުންޓަކަށް ނޫނެވެ. އަދި އަންބޮނޑިއަކަށް ވެސް ނޫނެވެ. އަތުގައި އޮތް ފޯނުގައި ހުރި އެޕްލިކޭޝަނަކެށެވެ. ވޮލެޓްތަކުގެ ނަންތައް ގޫގުލް ހާވާލައިގެން ހޯދާށެވެ. މިކްރިޕްޓޯ ބޭނުންކޮށްގެން ޑޮލަރުވެސް ގަނެވިދާނެއެވެ. އަދި ދިވެހި ރުފިޔާވެސް ގަނެވިދާނެއެވެ. ފިޔާކިލޯއަކާ އައި.ފޯނެއް ވެސް ގަނެވިދާނެއެވެ. ޗުއްޓީއަށް ޕެރިސްއަށްވެސް ދެވިދާނެއެވެ. ޑޮލަރު ގަންނަން 'ރިސޯޓް ބޯއި' އަށް ގުޅާ އާދޭސް ކުރާކަށް ނުޖެހޭނެއެވެ. މުސާރަ ލިބޭދުވަހު 'އަންޑާ މައިންޓެނެންސް' މި ވޮލެޓްތަކަށް ނާރައެވެ.





ބޭންކުތައް ހިންގާނެ ގޮތް ކިޔައިދެވޭނެ ފެންވަރަށް އަޅުގަނޑު ބޭންކިންގ ނިޒާމާއި ރައްޓެއްސެއް ނޫނެވެ. ހަމަ ޔަޤީނުންވެސް ބޭންކުން ކުރާ ޝަކުވާއަކީ ޑޮލަރު ނުލިބޭ ޝަކުވާއެވެ. މި ޓެކްނޮލޮޖީ ޒަމާނުގައި މިނޫން ޝަކުވާއެއް ކުރަން ވެއްޖެ ނޫންތޯއެވެ. މައްސަަލައެއް ނެތެވެެ. ވިސްނުމެއް ނެތި ކުރިޔަށްދާށެވެ. ދިވެހި މިލިއަނަރުންތައް ޑުބާއީއިން ގޯތި ގަނެލާނީ ބޭންކަށް އެންމެ ޕަސެންޓެއްގެ އިންޓްރަސްޓެއް ވެސް ފައިދާގެ ގޮތުގައި ނުދީއެވެ. އެދުވަސް ބޭނުން ނޫންނަމަ ބޭންކުތަކުގެ ވިސްނުން ބަދަލުވާން އެބަޖެހެއެވެ. ދިވެހިން ޓެކްނޮލޮޖީއާއި އަދާހަމަކުރާއިރު، ބޭންކުތައް އާސާސީ ޚިދުމަތެއް ދިނުމަށް ފޫގަޅާނަމަ ބޭންކުތަކުގެ ބޭނުން ދިވެހިންނަށް ވެސް ކެނޑޭނެއެވެ. ދާރުލް އާސާރުތަކަކަށް ތިތަންތަން ބަދަލުވެދާނެއެވެ. އޭރުން ތިތަން ބަލަން އަންނަ މީހުން ގަންނަ އެންޓްރީ ޕާސްއަށް ލިބޭ 10ރ އިން މެނޭޖްކޮށްލާށެވެ. ހުރިހާ ވިޔަފާރިއަކަށް ކްރިޕްޓޯ ވޮލެޓްތަކުން ފައިސާ ދެއްކޭނެ ދުވަސް އޮތީ މާދުރެއްގައެއް ނޫނެވެ. ކޮންމެ މީހަކު ގެންގުޅޭ މޯބައިލް ފޯނަކީ އޭނާގެ އަމިއްލަ ބޭންކަށް ވަނީއެވެ.



މިލިޔުން ކޮޅު ކިޔާލި މީހުން މުއްސަނދި ވެދާނެ ނަސޭހަތެއް ދޭނަމެވެ. މާދެން ޓެކްވެގެން އުޅުނު މީހަކު ރިކުއެސްްޓް ފޮނުވައިގެން "ޕައި" ނަމަކަށް ކިޔާ އެއްޗެއް މައިން ކުރަން ހެއްޔެވެ! ހުއްޓާ ނުލައްޗެވެ. ބިޓްކޮއިންއެއްގެ އަގު 0.003 ޔޫ.އެސް ޑޮލަރ އިން މިއަދު 60،0000 ޔޫ.އެސް ޑޮަލަރަށް ވުރެ މަތީގައި އޮތް އޮތުން އިބުރަތަކަށް ބަލައިގަންނާށެވެ. މިހާރު 1 ޕައިގެ އަގަކީ ގާތްގަނޑަކަށް 50 ޔޫއެސް ޑޮަލަރެވެ. ނަމަ ނަމަ ވިއްކާ ނުލައްޗެވެ. ހެމްސްޓާއެއްގެ އަގު މިއަދު 0.00386 ޑޮލަރުގައި ހުރި ނަމަވެސް މީގެ 10 އަހަރު ފަހަށް ވިސްނާށެވެ. ތިޔައީ މިލިއަނަރަކަށް ވާނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު