Advertisement
Advertisement

ައަލްޖީރިއާގެ ކަންމަތީ ފިހާރައެއްގެ ބޭރުގައުވާ ލިޔުމެއް އެތައް ބައެއްގެ ސަމާލުކަމަށް!

އަލްޖީރިއާގެ ކަންމަތީ ފިހާރައިގައި ހަރުކޮށްފައި ހުރި ލިޔުންކޮޅު އަލްޖީރިއާގެ ކަންމަތީ ފިހާރައިގައި ހަރުކޮށްފައި ހުރި ލިޔުންކޮޅު

އަލްޖީރީއާގެ ކަންމަތީ ފިހާރައެއްގެ ބޭރުގައި ލިޔެފައިވާ ލިޔުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޝަފީޢު ޢަބްދުﷲ ވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައެވެ.

Advertisement

މި ލިއުމުގެ ދިވެހި ތަރުޖަމާގައި ވަނީ "ލޮބުވެތި އަޚާއެވެ! ތިބާގެ އަތުގައި ފައިސާ ނެތް ނަމަ، ލަދު ނުގަންނާށެވެ. އަދި ތިބާގެ އަނބިދަރިން ބަނޑުހައި ހޫނުކަން މަތީގައި ނުބަހައްޓާށެވެ. މި ތަނުގައި މި ވާ ތަރުކާރީ އާއި މޭވާއިން ތިބާގެ އަނބިދަރިންގެ ޙާޖަތު ފުދޭވަރަށް ގެންދާށެވެ. އަހަރެންގެ ރިޒްޤާއި ތިބާގެ ރިޒްޤު ވެސް އަންނަނީ މާތް ﷲ ގެ ޙަޟްރަތުންނެވެ." މިހެންނެވެ. 

މިކަހަލަ ދީލަތިކަން އަހަރެމެނގެ ތެރެއިން ނުފެންނަނީ ކީތްވެގެންބާއޭ ހިތަށްއަރާ. ބައެއް ފަހަރު މާރުކޭޓު ސަރަހައްދުގައި މޭވާގެ ބާވަތްތަށް ކުނިވަންދެން ބަހައްޓައިގެން ނުވިކި ތިއްބަސް އެސަރަހައްދުގައި އުޅޭ ފަޤީރު ނިކަމެތިންނަށް ދޭތަން ފެންނަނީ ވަރަށް މަދުންނެވެ.

އަޅުގަނޑުމެން މިކަހަލަ ކަންކަމުން ޢިބުރަތް ހާސިލް ކުރަމާއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު