މިއަހަރުވެސް ރޯދަ ހަދިޔާއަށް މަސްދަޅު ކޭސް

އައިޝަތު
މިފޮކޯއިން އުފައްދާ މަސްދަޅު މިފޮކޯއިން އުފައްދާ މަސްދަޅު

ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފް  ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ލިބޭނެ ކަމަށެވެ.

Advertisement

މިދިޔަ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރެއްވީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ. އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުން  111.8 މިލިއަން ރުފިޔާ ޚަރަދު ވެފައިވެއެވެ.

މަސްދަޅަކީ ދިވެހިން ރޯދަ މަހު އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތެވެ.  2024 ވަނަ އަހަރު ރޯދަ އަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދެއްވާފައި ވަނީ ކާޑުގެ ބާވަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު