Advertisement
Advertisement

ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފި

އައިޝަތު
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އަދި އަންނަ ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement

މިއީ  ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ކުރާ ވިއްސާރަ އެވެ.

މެޓް އޮފީހުން އިއްޔެ ވަނީ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފަ އެވެ. މި އަހަރުގެ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭނީ މިއަންނަ މަހުގައެވެ. އެގޮތުން މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް އަބަދުވެސް ރާއްޖެއަށް މޫސުން ގޯސްވެ އެވެ.

ރާއްޖެއާ ކައިރީގައި އޮންނަ ސްރީލަންކާ އާއި އިންޑިއާގެ ދެކުނުގެ ހިސާބުތަކަށް މި ދުވަސްވަރު ވިއްސާރަ ވުމުގެ ސަބަބުން އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޑިއާގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް އަންނަ އާދިއްތަ ދުވަހާ ހަމައަށް އެލާޓް ނެރެފަ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެން ދަނީ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެން ދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.

ކިޔުންތެރިންގެ ހިޔާލު