ޖަނަވަރީ އިން ފެށިގެން، ނަފުސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން

އައިޝަތު

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ނަފުސާނީ ބައްޔަކީ ބޮޑު މައްސަލައެއް ކަމަށް ވާއިރު، އެ ފަރުވާއަށް މިއަދާ ހަމައަށް އައިއިރުވެސް އާސަންދައިން ޚަރަދު ހަމަޖެހިފައި ނުވާ ކަމަށެވެ.

Advertisement

އެ ބަލިތަކަށް ކުރާ ފަރުވާ އާސަންދައިން އެއްކޮށް ކަވަރު ނުވާތީ، އެކަމާ ޙައިރާންވެވަޑައިގެން ހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ވަނީ، ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް 21 ފެބްރުއަރީ 2024ގައި ޤާއިމު ކުރައްވާފައެވެ. އެ ހެލްޕްލައިންގެ ގޮތުގައި ގުޅޭ ނަންބަރަކީ 1677 އެވެ.

ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް މިދިޔަ އޮކްޓޫބަރު ދޭއްގައި ވަނީ އިފުތިތާޙް ކުރެވިފައެވެ.

ނަފުސާނީ ބަލީގެ ފަރުވާއަށް، އާސަންދައިގެ ތެރެއިން ވަކި މިންވަރެއް ހަމަޖެހިގެން ދިޔައީ 2020 ގައެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ގިނަ ފާރާތްތަކެއް ނަފުސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުން ތަކަށް ދިއުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު