Advertisement
Advertisement

ފުވައްމުލަކު ގިރާ ސަރަހައްދުގެ އިވެލުއޭޝަން ރިޕޯޓުވަނީ ހުކުރުދުވަހު މިނިސްޓްރީއަށް ފޮނުވާފައި - ކައުންސިލް

މުހައްމަދު ޝަހީދު
ފުވައްމުލަކުގެ ގިރާ ސަރަހައްދު - ފޮޓޯ: ސިޓީ ކައުންސިލް ފުވައްމުލަކުގެ ގިރާ ސަރަހައްދު - ފޮޓޯ: ސިޓީ ކައުންސިލް

ފުވައްމުލަކު ގިރާ ސަރަހައްދުގެ އިވެލުއޭޝަން ރިޕޯޓުވަނީ މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް މިދިޔަ ހުކުރުދުވަހު ފޮނުވާފައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

Advertisement

ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ މިއަދު އެ ކައުންސިލުގެ ރަސްމީ ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.

އިތުރަށް މި ޕޯސްޓުގައިވަނީ ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓަށް އެހީދޭ ކުވައިތު ފަންޑު އަދި ނެދަލެންޑުގެ އޯރިއޯއިން އާނބަސް ލިބުމުން އަގު ހުށަހަޅާފައިވާ ސިޓީ އުރަތައް ކެނޑުން އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ކޮންޓްރަކްޓަރ ހޮވާނީ ޓެކްނިކަލް އިވެލުއޭޝަން އަދި އަގަށް ބެލުމަށްފަހުގައި ކަމަށެވެސް މި ޕޯސްޓުގައި ބުނެފައިވެއެވެ. ނަމަވެސް މި މަސައްކަތް އަމަލީގޮތުން ފެށޭނެ ދުވަހެއް ބުނެފައެއް ނެތެވެ. މި ޕްރޮޖެކްޓްގެ ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓް ހަދާފައިވަނީ ރޯޔަލް ހަސްކޮނިން އެވެ.

މި މަސައްކަތް ޢަމަލީގޮތުން ފެށިގެންދާނެ ދުވަހަކީ ފުވައްމުލަކު ގިނަ ރައްޔިތުންތަކަކަށް އުފާވެރިކަން ގެނެސްދޭނެ ދުވަހެއްކަން ވަަރަށްގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ. ސަބަބަކީ ފުވައްމުލަކުގައި ބަނދަރު ހެދުމުގެ ސަބަބުން ރަށުގެ ވަށައިގެންވާ އޮއިވަރަށް އައި ބޮޑެތި ބަދަލުތަކެއްގެ ސަބަބުން ރަށުގެ އެއް ފަރާތުން ގިރާތާ މިހާރު 15 ވަރަކަށް އަހަރުވަނީއެވެ. ބައެއް ދިމަދިމާލުން މިހާރުވެސް 50 ވަރަކަށް ފޫޓު ވަނީ ގިރައިގެން މޫދަށް ގޮސްފައިކަން ފާހަނގަ ކޮށްލަން ޖެހެއެވެ. ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އަންނަނީ މިވައުދު ފުއްދާދޭނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މި ވައުދު ފުއްދިފައި ނުވާކަންވެސް ފާހަނގަ ކުރެވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު