Advertisement
Advertisement

ރައްޔިތުން ކަންކަމާއި ޚިޔާލު ބަދަލުކޮށްލަން އާ ޕްލެޓްފޯމެއް

މުހައްމަދު ޝަހީދު
ކްލަބް ހައުސް އެޕްލިކޭޝަން ސްކްރީން ޝޮޓެއް ކްލަބް ހައުސް އެޕްލިކޭޝަން ސްކްރީން ޝޮޓެއް

ފުވައްމުލަކު ރައްޔިތުންނަކީ އަބަދުވެސް ޓެކްނޮލޮޖީއާއި ރައްޓެހި ބައެއް ދިރިއުޅޭ ރަށެކެވެ.

Advertisement

ފުވައްމުލަކު ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރި ހިސާބުން ފެށިގެން ރައްޔިތުންނަށް ވަރަށް ބޮޑެތި އުންމީދުތަކެއް ވަނީ އާވެގެން ގޮސްފައެވެ. އެންމެ ބޮޑު ކަމަކަށް ވެގެންގޮސްފައިވަނީ މިފަހަރު ހޮވިފައި ތިބި ހުރިހާ ކައުންސިލަރުންނަކީ ވަރަށް ތަފާތު ބަޔަކަށް ވެގެން ދިއުމެވެ. އެގޮތުން ރަށުގެ ކަންކަމުގައި ވަރަށް ބޮޑަށް ހުރިހާ ކައުންސިލަރުންގެ އެއްބާރުލުން ލިބިގެންދާ މަންޒަރު ފެންނަމުން އެބަ ދެއެވެ.

މި ދުވަސްވަރަކީ ކޮވިޑްގެ ސަބަބުން ހަވީރު 4 އިން ފަތިހު 4 ޖަހަންދެން ކާފިއު ނެރެފައިވާ ދުވަސްވަރެއްވީމަ ގިނަ ބަޔަކު ގޭގައި ގިނަ ވަގުތު ހޭދަ ކުރެއެވެ. އެގޮތުން އެވަގުތު ތަކުގައި ގިނަ ބަޔަކު ޓެކްނޮލޮޖީގެ ބޭނުން ކުރުން ވަނީ އިތުރުވެގެން ގޮސްފައެވެ. އެހެން ކަމުން މޯބައިލް އެޕްތަށް ހަދާ މީހުންވެސް ވަނީ މިފަދަ ޙާލަތުގައި އެކި ބޭނުންތަކަށް ތަފާތު މޯބައިލް އެޕްތަށް ހަދަން ފަށާފައެވެ. އެގޮތުން މިހާރު އެންމެ ފާހަނގަކޮށްލެވޭ އެއް އެޕްލިކޭޝަނަކީ "ކްލަބް ހައުސް" އެވެ. ކްލަބް ހައުސް އިން މައިގަނޑުކޮށް ކުރެވޭ ކަންކަމުގެ ތެރޭގައި ޕްރައިވެޓް، އޮޕެން އަދި ޕްރައިވެޓް ވޮއިސް ޗެޓް ކުރުން ހިމެނެއެވެ. ނަމަވެސް މިއެޕް މެދުވެރިކޮށް ޑިގިޓަލް މީޑިއާ ޝެއާރ ނުކުރެވޭ ކަން ފާހަނގަ ކުރެވެއެވެ. އެހެންވީމަ ފޮޓޯ އަދި ވީޑިއޯ ފަދަ އެއްޗެއް ނުފޮނުވޭނެއެވެ. ނަމަވެސް ތަފާތު ކްލަބް (ގްރޫޕް)ތަށް ހެދެއެވެ. އަދި މި ކްލަބް ތަކުގައި ތަފާތު ގަޑިތަކުގައި މީޓިންގްތަށް ޝެޑިއުލް ކުރެވެން ހުރެއެވެ. އަދި މި މީޓިންގްތަށް އެހެން ޕްލެޓްފޯމް ތަކަށް ޝެއަރ ކުރެވެން ވެސް ހުރެއެވެ.

އެހެން ކަމުން މި އެޕްލިކޭޝަން އަށް މިވަނީ ވަރަށް ގިނަ ބަޔަކު ބޭނުން ކުރަން ފަށާފައެވެ. އޭގެ ތެރެއިން ވަކިން ޚާއްސަކޮށް ސިޔާސީ އަދި ސިޔާސީ މަޤާމްތަކުގައި ކުރިން އުޅުއްވި ފަރާތްތަކާއި ގިނަ އަދަދެއްގެ އާއްމު މެމްބަރުންވެސް ބޭނުން ކުރަން ފަށާފައެވެ. މި އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އަދި އައި އޯއެސް އަށްވެސް ލިބެން ހުރެއެވެ. 

މި އެޕްލިކޭޝަން މިހާރު ގިނަ ފުވައްމުލަކު ރައްޔިތުން ބޭނުން ކުރަން ފަށާފައިވެއެވެ. އަދި މިހާރުވެސް ކޮންމެ ދުވަހަކުވެސް އެތަކެއް ބަޔަކު ދަނީ ރެޖިސްޓަރ ކުރަމުންނެވެ. މިހާރު ވަގުތުން އެކައުންޓް އެކްޓިވޭޓް އެއް ނުކުރެވޭނެއެވެ. ސައިންއަޕް ކުރާހިސާބުން ތިބާގެ ކޮންމެވެސް ރައްޓެއްސަކަށް ރެޖިސްޓަރ ކުރަން ރިކުއެސްޓް ކުރި ކަމުގެ ނޮޓިފިކޭޝަން ލިބޭނެ އެވެ. އެހިސާބުން އެމީހާ ޖެހޭނީ ތިބާގެ ރިކުއެސްޓް އެކްސެޕްޓް ކުރާށެވެ. މި ރިކުއެސްޓް އެކްސެޕްޓް ކުރާހިސާބުން ތިބާގެ އެކައުންޓް އެކްޓިވޭޓްވީއެވެ. ޑައުންލޯޑް ކުރެއްވުމަށް ތިރީގައި އެވާ ލިންކަށް ފިއްތަވާލައްވާ.

އެންރޮއިޑް: https://play.google.com/store/apps/details?id=com.clubhouse.app

އައިއޯއެސް: https://apps.apple.com/us/app/clubhouse-drop-in-audio-chat/id1503133294

މިވަގުތު ފުވައްމުލަކުގައި މި އެޕްލިކޭޝަން ބޭނުންކުރާ މީހުން ބޭނުން ކުރަނީ ރަށުގައި ހައްލު ކުރަން ހުރި ކަންކަން ފާހަނގަކޮށް ކޮންމެވެސް ކަމަކާއި ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާކުރުން އޮވެއެވެ. އެގޮތުން މިރޭ 20:00 ގައިވެސް "ބަހަ ކުރިއަރޮވަންނަ އަފުންނަ ވެއްނޭ ކޮން ކަމެއް" މި ސުރުޚީ އަށް ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ޖޮއިން ކުރުމަށް https://www.clubhouse.com/event/Pvl1JqJM ޒިޔާރަތް ކޮށްލައްވާ. އަދި ފުވައްމުލައް ސިޓީ ޕޭޖް ފޮލޯކޮށްލައްވާ.

 

Advertisement
ކިޔުންތެރިންގެ ހިޔާލު