ސަމްސަންގ އާއި ނޭޝަނަލް ޖިއޮގްރަފިކް ގުޅިގެން ހެދި ވީޑިއޯގައި ފުވައްމުލަކު ޓައިގަރ ޝާރކް ޕޮއިންޓް
ފުވައްމުލަކު ޝާރކް ޕޮއިންޓްއާއި ރަށުގެ ހިތްގައިމު މަންޒަރުތަށް ސަމްސަންގް އަދި ނޭޝަނަލް ޖިއޮގްރަފިކް ޓްރެވެލާރ އިންޑިއާ ގުޅިގެން ގެނެސްދީފިއެވެ.
މި ޚަބަރު ވަނީ ސަމްސަންގް ގެ ރަސްމީ ވެބްސައިޓުގައި ޝާޢިއު ވެސް ކޮށްފައެވެ.
ނޭޝަނަލް ޖިއޮގްރަފިކް ޓްރެވެލަރ އިންޑިއާ ގެ އެސައިންމެންޓަކަށް ސަމްސަންގް އިންޑިއާ ގުޅިގެން ފުވައްމުލަކުގެ ކަނޑުއަޑީގެ މަންޒަރުތަށް ނަގަން މިފަހަރު ޚިޔާރު ކުރީ ސަމްސަންގް ގެ އެންމެ ފަހުގެ ސްމާޓް ފޯން ކަމަށްވާ ސަމްސަންގް ގެލެކްސީ އެސް އަލްޓްރާއެވެ. މި ވީޑިއޯގެ ކަނޑުއަޑީގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ މި ފޯނު ބޭނުން ކޮށްގެންނެވެ. މި ވީޑިއޯ ނަގާފައިވަނީ މިހާތަނަށް މޯބައިލް ފޯނެއްގައި ހަރުކޮށްފައި ހުރި އެންމެ ބާރުގަދަ ކެމެރާ ބޭނުންކޮށްގެންނެވެ. މި ކެމެރާއިން 8K ވީޑިއޯ ނެގެއެވެ. އަދި މި ވީޑިއޯ ނަގާފައިވަނީ 8K ކޮލިޓީގައި ކަން ފާހަނގަ ކޮށްފައިވެއެވެ.
މިި ފޯނަކީ ފެނު އަޑީގައިވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ފޯނެއް ކަމުގައި ވިޔަސް މޫދު އަޑީގެ ޕްރެޝަރ ގަދަވީމަ މޫދު އަޑިއަށް ދާން ޕްރޮޓެކްޓިވް ލޭޔަރ އެއް ބޭނުންކޮށްފައިވެއެވެ.
މި ވީޑިއޯގައި ފުވައްމުލަކު ކަނޑު އަޑީގެ މަންޒަރުތަކުގެ އިތުރުން ފުވައްމުލަކު ގިރާ ސަރަހައްދު އަދި ތުނޑީގެ މަންޒަރުތަށް ހިމަނާފައިވެއެވެ. ވަކިން ޚާއްސަކޮށް ޓައިގަރ ޝާރކްގެ މަޢުލޫމާތު ގެނެސްދީފައިވެއެވެ. ފުވައްމުލަކު މޫދު އަޑީގެ ރީތި މަންޒަރުތަކުން ފުރިގެންވާ މި ވީޑިއޯ އިތުރަށް ފުރިހަމަވެގެން ދިޔައީ ކަހަނބު އާއި ޓައިގަރ ޝާރކް ފެނިގެން ދިއުމުންނެވެ. އަދި ހަމަ އެއާއި އެކު ފުވައްމުލަކުގައި ސާފް ކުރާ ސާފަރުންނާއި އެކު ފޮޓޯ އަދި ވީޑިއޯވެސް ނަގާފައިވާ ކަން ފާހަނގަ ކޮށްލެވެއެވެ.މިކަމުގެ ސަބަބުން ފުވައްމުލަކުގެ ޓުއަރިޒަމް އިތުރަށް އިޝްތިހާރު ވެގެންދާނެ ކަމަށް ބެލެވެއެވެ.