Advertisement
Advertisement

ފުވައްމުލަކު އެއާޕޯޓުގައި ހަލާކުވެފައި ހުރި 2 ސްކޭން މެޝިންގެ ތެރެއިން 1 މެޝިން މަރާމާތުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

ފޮޓޯ: ފޭސްބުކް ފޮޓޯ: ފޭސްބުކް

ޒަމާންތަކަކަށްފަހު ފުވައްމުލަކު އެއާޕޯޓުގައި ހަލާކުވެފައި ހުރި 2 ސްކޭން މެޝިންގެ ތެރެއިން 1 މެޝިން މަރާމާތުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

Advertisement

"ރަށި ކަބަރޮ" އަށް މަޢުލޫމާތު ދެމުން ފުވައްމުލަކު އެއާރޕޯޓުގެ އޮފިޝަލަކު ވިދާޅުވީ ހަލާކުވެފައި ހުރި ދެ މެޝިނުގެ ތެރެއިން 1 މެޝިން މިހާރު ވަނީ ޕާރޓް ގެނެސް މަރާމާތުކޮށް ޚިދުމަތް ދޭން މީގެ 4 ވަރަކަށް ދުވަސް ކުރިން ފަށާފައެވެ. މިފަހަރު މަރާމާތު ކުރީ ޕްރީ ބޯޑިންގް ސްކޭން މެޝިނެވެ. ދެން ހުރި މެޝިންވެސް ވަރަށް އަވަހަށް މަރާމާތުކޮށް ޚިދުމަތްދޭން ފެށޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ލަގެޖް ސްކޭން މެޝިން ހެދެންދެން ޕްރީބޯޑިން މެޝިން ލަގެޖް ސްކޭން ކުރަންވެސް ބޭނުން ކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު މި މަރާމާތު ކުރި މެޝިނަކީ ލަގެޖްއަށް ޚާއްސަ މެޝިނެއް ނޫނެވެ. އެ މެޝިނަކީ ބޯޑިންގް ކުރަންދާއިރު އަތް ދަބަސް ފަދަ ތަކެތި ސްކޭން ކުރަން ބޭނުންކުރާ މެޝިނެވެ.

އުންމީދަކީ ދެންހުރި މެޝިންވެސް ވީހާވެސް އަވަހަކަށް ނިމި ރައްޔިތުން ކުރަމުން އައި އިންތިޒާރަކަށް ނިމުމެއް އައުމެވެ. ލަފާ ކުރެވޭ ގޮތުގައި މިހާރު މި މެޝިންތަށް ހަލާކުވި ފަހުން އަހަރެއްހާ ދުވަސް ވެގެން ގޮސްފައިވީއިރު މި މެޝިން ތަކަކީ ވަރަށް އަގު ބޮޑު މެޝިންތަކެއް ކަން ފާހަނގަ ކުރެވެއެވެ.

މިހާރު ދިވެހި ރާއްޖޭގެ ގިނަ އެއާރޕޯޓް ތަކުގައި ބޭނުންކުރަނީ ސްމިތް ބްރޭންޑެވެ. އެހެން ކަމުން ކަމެއް ދިމާވިޔަސް ހައްލު ކުރުން ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. ސަބަބަކީ ލޯކަލް އެޖެންޓް މިހާރު ޚަބަރު ލިބޭގޮތުގައި ރާއްޖޭގެ އެއަރޕޯޓްތަކުގައި ހުރި މި ބްރޭންޑުގެ ހުރިހާ ސްކޭން މެޝިންތަށް ބަދަލް ކުރުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ގެންގުޅުއްވައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު