Advertisement

ފުވައްމުލަކު ކޮޑަކިޅި (މަޑްބާތް) ގެ ނަމުން މަޝްހޫރުވެފައިވާ ތަނުގައި ކުޅުނު ޓިކްޓޮކެއް ވައިރަލްވެ 21 މިލިއަން ވިއުސް

ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް
ފުވައްމުލަކު ކޮޑަކިޅި (މަޑްބާތް) ގެ ނަމުން މަޝްހޫރުވެފައިވާ ތަނުގައި ކުޅުނު ޓިކްޓޮކެއް ވައިރަލް ވެއްޖެއެވެ.

 މި ވީޑިއޯ އަށް މިހާރު ވަނީ 22 މިލިއަނާ ގާތަށް ވިއުސް ލިބިފައެވެ. އަދި މި ވީޑިއޯ ވަނީ ރާއްޖެއިން ބޭރުގެ މަޝްހޫރު ނިއުސް ޗެނަލެއް ކަމަށްވާ ދަ ސަން ގައިވެސް ޝާޢިއުވެސް ކޮށްފައެވެ.

Advertisement

"ދަ ތްރީ ޑަމްބެލްސް" ގެ ނަމުގައި ޓިކްޓޮކް ގައި ހަދާ އެކައުންޓު 141 ހާސް މީހުން ފޮލޯ ކުރާއިރު 5.4 މިލިއަން ލައިކްސް ލިބިފައިވެއެވެ. ބެލެވޭގޮތުގައި މި ފަތުރުވެރިއަކީ ޔޫކޭ އަށް ނިސްބަތްވާ ރައްޔިތެކެވެ. މި އެކައުންޓަށް ބަލާލާއިރު މި ފަތުރުވެރިޔާ ވަނީ ވަރަށްގިނަ ޓިކްޓޮކް ފުވައްމުލަކުގައި ވެސް ކުޅެފައެވެ. އޭގެ ތެރޭގައި ޓައިގަރ ޝާރކް ބަލަން ގޮސް ނަގާފައިވާ ވީޑިއޯ އަދި ވަކިން ޚާއްސަކޮށް ރަށުގެ އެކި މަންޒަރުތަކުގެ ވީޑިއޯވެސް ތަކާއި އަދި ހެއްވާ މަޖާ ވީޑިއޯވެސް ހުރި ކަން ފާހަނގަކޮށްލަން ޖެހެއެވެ.

ޚަބަރު ލިބޭގޮތުގައި މި ފަތުރުވެރިޔާ މިހާރު ވަނީ އަންނަ އަހަރުވެސް ފުވައްމުލަކަށް އަންނަން ބުކިން ވެސް ހަދާފައެވެ.

މިކަމުން ފެނިގެންދަނީ ފުވައްމުލަކަކީ ހަމައެކަނި ޓައިގަރ ޝާރކް ޕޮއިންޓެއް ނޫން ކަމެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރަނީ ހަމައެކަނި ޑައިވިން އަދި އިރުގެ ހޫނު އަދި ބީޗް ދެކިލަން ކަމަށެވެ. ނަމަވެސް ފުވައްމުލަކުން މިފަހަރު ފެނިގެން މިދިޔަ ވީޑިއޯ ވައިރަލްވީމަ ފެނި ހާމަ ވަނީ ފުވައްމުލަކު ވެޓް ލޭންޑަކީވެސް ޓުއަރިސްޓް އެޓްރެކްޝަނެއް ކަމެވެ. މިކަމަކީ ފުވައްމުލަކު ކައުންސިލާއި ސަރުކާރުން ވިސްނާލަން ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު