Advertisement
Advertisement

ވިންޑޯސް 11 ގެ ފޭކް ކޮޕީއިން މަލްވެއަރ ފަތުރަނީ - ސަމާލުވޭ!

މުހައްމަދު ޝަހީދު

ވިންޑޯސް އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އޮޕަރޭޓިންގް ސިސްޓަމެވެ. އަދި އެންމެ ގިނަ ވައިރަސް އެޓޭކްސް އަންނަ އޮޕަރޭޓިން ސިސްޓަމެވެ. މިހެން މިކަން ވަނީވެސް އެހެންވީމައެވެ. ސަބަބަކީ ހެކަރުންނަށް އެމީހުންގެ މަސައްކަތް ކާމިޔާބު ކުރަންވެސް ފަސޭހަވާނީ ޔޫޒާސް ގިނަވީމައެވެ.

Advertisement

މިހާރު މީސް މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ މައިކްރޯސޮފްޓް އިން ވިންޑޯސްގެ އެންމެ ފަހުގެ އޮޕަރޭޓިންގް ސިސްޓަމްގެ ބީޓާ ނެރުނު ހިސާބުން މިހާރު ހެކަރުން ސްޕައިވެއާރ ވިންޑޯސް 11 އަށް އެޅުމަށްފަހު އެ އޮޕަރޭޓިންގް ސިސްޓަމްގެ ކޮޕީ ހަދާ ވަނީ ޑައުންލޯޑް ކުރަން ދޫކޮށްލާފައެވެ. މި މަޅީގައި މިހާރު ބައެއް މީހުން ވަނީ ޖެހިފައެވެ.

މީގެ އެންމެ ރަނގަޅު ގޮތަކީ ވިންޑޯސް ސެޓިންގ ގެ ތެރެއިން އަޕްޑޭޓް ކުރުމެވެ. މި ސެޓިން ހެދުމަށް ހަދާނެ ގޮތް ތިރީގައި އެވަނީއެވެ.

ސެޓިން > އަޕްޑޭޓް އެންޑް ސެކިއުރިޓީ ސެޓިން > ވިންޑޯސް އިންސައިޑަރ ޕްރޮގްރާމް. މައިކްރޯސޮފްޓް އެކައުންޓަކުން ސައިން އަޕް ކުރުމަށްފަހު ވިންޑޯސް އަޕްޑޭޓް ކުރަން ޖެއްސީމަ ވިންޑޯސް 11 ޑައުންލޯޑްވާން ފަށާނެއެވެ. ޑައުންލޯޑް ކުރަން ފެށުމުގެ ކުރިން ސިސްޓަމް މިނިމަމް ރިކުއަރމެންޓް ބައްލަވާ ލައްވާ. 

Advertisement
ކިޔުންތެރިންގެ ހިޔާލު