Advertisement

މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހު ހަތަރު ވަނަ ދުވަހު

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވާ ގޮތަށް ތާވަލްކޮށްފި އެވެ.

Advertisement

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހަކީ މަޖިލިސް މިއަހަރަށް ރަސްމީކޮށް ހުޅުވާ ދުވަސްގެ ގޮތުގައިހަމަޖެއްސުމުން، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

އެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގެ މައްޗަށް ވާހަކަ ދައްކާނެ އެވެ. އަދި އެ ރިޔާސީ ބަޔާނަށްސަރުކާރު ނިސްބަތްވާ ޕާޓީ ފިޔަވައި، މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންވާނެ އެވެ. އެގޮތުން މި މަޖިލީހުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އަހަރުގެ ފަހު ދައުރު ނިންމައި، މިދިޔަ ޑެސެމްބަރު މަހު ހަތެއްގައެވެ. އެއީ ދައުރުގެ މުއްދަތު ދިގުދެންމުމަށްފަހު، ހަފްތާއެއްހާ ދުވަހަށް ޖަލްސާތައްބޭއްވުމަށްފަހުއެވެ.

މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު