Advertisement
Advertisement

ފުވައްމުލަކި އެޑަންނަ ހަމަޖެހުން އިންޖީނުގެ ބިން ވަލްވެގެ

ފޮޓޯ: މަމްދޫހް ފޮޓޯ: މަމްދޫހް

ފުވައްމުލަކި އެޑަންނަ ހަމަޖެހުން އިންޖީނުގެ ބިން ވަލްވެގެ.

Advertisement

ކަބަރޮ ލިބޭގޮތެން މި އިންޖީނުގެ އެޑަންނަ 70،000 އަކަފޫޓުގެ ބިމައް ވެނީ ކައުންސިލެން ފެނަކަ އާއި ހަވާލް ކޯފޭ. އަދި މީގެ އިތިރެން 6000 އަކަފޫޓުގެ ބިމައް ވެނީ ފެނަކައިގެ އޮފީސް އިމާރާތް އެޑަންނާސް ހަވާލް ކޯފޭ. އެހެން ފަހެނާސް މި ބިމެއަސް އެއްވިޔަސް މަސައްކަތައް ކެރަމުން އޭ މަންޒަރޮ ނިފެނޭކަން ފާހަގަވޭ.

މިސަރޮކާރެން މިވަގުތެއަސް ބައެއް މަޝްރޫއުތެއް ހިނގުވަމުންއޭކަލް އެހެން ރައްރަށި ކެރަމުންއޭ ސްޕީޑެ ނިއޭ ކަމަސް ފާހަނގަ ކެރަންނަ ޖެހޭ. ބައެއް ކަންތެކަކީ ލަހެން ވެންނެން ކަންތެތިކަން ގަބޫލް ކެރިޔަސް މިސަރޮކާރެން ފުވައްމުލަކަހަ ވައުދުވެފޭ ތިބި ކަންތެތީގެ %5 އަސް ނިނިމޭކަމަހަ ގިނަ ބައެކެން ބެނައްތަ. އޭގެ އެތެރެ އެންމެ ގިނަ ރައްޔިތުން ދައްކާ އެއް ވާހަކާކީ މަގޮ ހެދުން އަދި ރަށިގެ ގަރަމުންއޭ ސަރަހައްދު ހިމާޔައް ކެރުމަސް ހިމެނޭ. އެހެންފަހެނާސް އަދިޔަސް ރަށޮ ގަރަމުން އޭ ސަރަހައްދޮ ހެދުމުގެ އެއްވިޔަސް މަސައްކަތެއް ކެރަމުންއޭ ތަނެއް ނިފެނޭ. 

ފާހަނގަ ކޯލަންނަ ޖެހޭ މިސަރޮކާރެން ވެނީ ވަރަހަ ގިނަ ރަށެކި އިންޖީނުގެ ޒަމާނީ ފެންވަރަހަ ހަދާ ނިންމާފޭ. އެހެންފަހެނާސް މިސަރޮކާރި ނާއިބް ރައީސަކީ ފުވައްމުލަކަހަ އުފަން ދާރަކަހަ ވިޔަސް، އަދި މަޖިލިސް 3 ގޭޑަސް އެމްޑީޕީހާ ރައްޔިތުން ހުވާދިނުންމާސް މާކަ ބޮނޑެތި ކުރިއެރުމައް ނިލިބުން ކަމަހަ ބެނިޔަސް ދޮގަކަހަ ނިވެއްނެން.


Advertisement
ކިޔުންތެރިންގެ ހިޔާލު