Advertisement
Advertisement

ފެނަކަ އޮފީހެއް އެޅުމަށް ވަކިން ބިމެއް ދިނުމަކީ މައްސަލައެއް ކަމުގައި ނުދެކެން - މޭޔަރ

ފެނަކަ އޮފީހެއް އެޅުމަށް ވަކިން ބިމެއް ދިނުމަކީ މައްސަލައެއް ކަމުގައި ނުދެކޭ ކަމުގައި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގް ވިދާާޅުވެއްޖެއެވެ.

Advertisement

މޭޔަރު މިހެނެ ވިދާޅުވެފައި މިވަނީ، ފުވައްމުލައް ސިޓީގައި އާ އިންޖީނުގެއެއް އަޅަން 70،000 އަކަފޫޓު ބިމެއް ހަވާލުކޮށްފައި ވަނިކޮށް އަނެއްކާ ފެނަކަ އޮފީހެއް އެޅުމަށް 6000 އަކަފޫޓޫ ބިމެއްދޭން ނިންމުމުން ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މީހަކު އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބައެއް މީހުންގެ ނަޒަރުގައި 70،000 އަކަފޫޓުގެ ބިމެއް އިންޖީނުގެ އަޅަން ދިނުމަށްފަހު އަނެއްކާ 6،000 އަކަފޫޓު ބިމެއް ދިނުމަކީ ބޭކާރު ކަމެކެވެ. މިކަމުގެ ސަބަބުން ރަށުގެ ލިބެންހުރި ބިންކޮޅު ބޭކާރުގޮތުގައި ހުސްވެގެންދާނެ ކަމެކެވެ. މި ޕޯސްޓަށް ރިޕްލައި ކުރަމުން އަޝްރަފް ނޫމާނު ބުނީ ކުރިން ބިން ދޫކުރެވިފައިވަނީ އިންޖީނުގެ އެޅުމަށެވެ. އަދި އެބިމުގައި ހުންނާނީ ހަމައެކަނި އިންޖީނުގެ ކަމަށެވެ. މި ބިމުގައި އޮފީސްވެސް އަޅަން ބޭނުންނަމަ އެޅިދާނެ ކަމަށާއި، ނަމަވެސް އިންޖީނުގެ އަޑުގަދަ ވުމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް މި އިންޖީނުގެއަކީ ޒަމާނީ ފެންވަރަށް އެޅިގެންދާނެ ކަމަށް ބެލެވޭ އިންޖީނުގެއެކެވެ. އެހެން ކަމުގައި ވަނީނަމަ މި އިންޖީނުގެ ވެސް ވާންވާނީ ދިވެހިރާއްޖޭގެ އެހެނިހެން ރައްރަށުގައިވެސް އަޅަމުންދާ ފަދަ ސައުންޑްޕްރޫފް އިންޖީނުގެއެކެވެ.

 މޭޔަރ އިސްމާއިލް ރަފީޤް ވިދާަޅުވީ، އިތުރު ބިމެއް ބޭނުންވާނެ ސަބަބު އޮޅުންފިލުވާދެއްވިއެވެ. މޭޔަރ ވިދާޅުވީ އިންޖީނުގެ އަޅާ ބިމުގައި ވަރަށް ގިނަ ކަންތަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޖީނުގެ ބިމުގައި ތެޔޮ ރައްކާކުރާނެ ޓޭންކުތަކެއް ބެހެއްޓުމާއި މީގެ އިތުރުންވެސް ސޯލާ ޕަވަރ ބޭނުން ކުރަން ފެށުމުން އޭގެ ބެޓެރި ބޭންކުތަށްވެސް ހުންނާނެ ޖާގަ ހަމަޖެހިފައިވަނީ އިންޖީނުގެ ގޯތީގައެވެ. އަދި މީގެ އިތުރުންވެސް ސަލާމަތީ ގޮތުން ބަލާއިރު ތެޔޮ ޓޭންކުތަކާއި އަދިވެސް އިންޖީނުތަކާއި އެކު ހުންނައިރު އޮފީސް ވެސް އެތަނުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެފައި، އިންޖީނުގެ ރަށުގެ އެއްކޮޅުގައި ހުރުމުގެ ސަބަބުން ޚިދުމަތް ހޯދަން ބޭނުންވެގެން އަންނަ ގިނަ ބަޔަކަށް ފަސޭހަވެގެންދާނީ ރަށުގެ މެދުތެރެއިން ކަމަށް ވުމަކީވެސް މިކަމުގެ ސަބަބެއް ކަމުގައި ވެއެވެ. އެހެންކަމުން އޮފީސް އިމާރާތަށް ވަކި ބިމެއް ލިބިގެންދިއުމަކީ މައްސަލައެއް ނޫން ކަމުގައި މޭޔަރ ދެކިލައްވައެވެ.

މީގެ އިތުރުން ވެސް މޭޔަރ ފާހަނގަ ކުރެއްވި ގޮތުގައި ކުރިއަށް އޮތްތަނުގައި ފުވައްމުލަކުގައި ސޯލާ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މަސައްކަތް ޢަމަލީގޮތުން ފެށިގެންދާނެއެވެ. މިހާރުވެސް އެކަމުގެ ތައްޔާރީތަށް ވަމުން އަންނަކަމުގައި އިއްސެ ވިދާޅުވިއެވެ. މި ޕެނަލްތަށް ހަރުކުރުމަށް ހަމަޖެހިފައިވަނީ އެއާރޕޯޓް ރަންވޭ ދެފަރާތުގައެވެ. މިކަމުގެ ސަބަބުން ފުވައްމުލަކުގެ ތެޔޮ އަންދައިގެން ހަކަތަ އުފައްދިުމަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ޖުހާ
ތީ ބާކީ މިއޮއްދޮޅުއަހުތެރޭގާ ވާނެކަމެއްނޫން ތަޔަދައްކަވަނީހުސް ބޭކާރު ހުވަފެންތަކެއް ރައްޔަތުންނައް