Advertisement
Advertisement

އިންޖީނުގެ އަދި ނަރުދަމާގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލު ހޯދުމުގެ އަމަލީ މަސައްކަތް ފެށެނީ

ޒަމާނުއްސުރެ ފުވައްމުލަކުގެ ކަރަންޓާއި ނަރުދަމާގެ މައްސަލަތަކަށް ހައްލެއް ލިބިގެންދިއުމަކީ ފުވައްމުލަކުގެ އެންމެހާ ރައްޔިތުންގެ ވަރަށްބޮޑު އުންމީދެކެވެ. މިހާރު މިވަނީ އެ ހުވަފެންތަކުގައި ކުލަ ޖެހެން ފަށާފައެވެ. އިއްޔެ ފުވައްމުލަކު ފެނަކައިން ކުރި ފޭސްބުކް ޕޯސްޓެއްގައިވާގޮތުން ފުވައްމުލަކުގައި އަލަށް އިމާރާތް ކުރެވޭ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އެޅުމާއި ނަރުދަމާގެ މައްސަލަ ތަކަށް ދާއިމީ ހައްލު ހޯދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 4 ޖަހާއިރު ދޫނޑިގަން، ރޯޔަލް ރެސްޓޯރެންޓް ކާރީގައި އޮންނާނެ އެވެ.

Advertisement


ފުވައްމުލަކު އިންޖީނުގެ މިހާރު ހުރި ސަރަހައްދަކީ މިހާރު މީހުން އާބާދުވެ، ފުރި ބާރުވެފައިވެފައި ހުރި ސަރަހައްދަކަށް ވެފައި އިންޖީނު ތަކުގެ އަޑު އަދި ދުމުގެ އަސަރުގެ ސަބަބުން ރައްޔިތުންނަށް ވަރަށް އުނދަގޫވާކަން ފާހަނގަ ކުރެވެއެވެ. މި އިންޖީނުގެ އަކީ ކުރީގެ ރައީސް، ރައީސް މައުމޫންގެ ވެރިކަމުގައި އަޅުއްވާފައި ހުރި އިންޖީނުގެ އެކެވެ. އޭގެ ފަހުން ފުވައްމުލަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް ބޮޑުވެ ކަރަންޓުގެ ވިއުގަ އެތަށްގުނައެއް މިހާރު ވަނީ އިތުރު ކޮށްފައެވެ. ނަމަވެސް އިންޖީނުގެ އަޑު އެއްދުވަހުން އަނެއްދުވަހަށް ދަނީ ގަދަވަމުންނެވެ. މިކަމަކީ މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ ކަމެއް ކަމަށް އެންމެންވެސް އެއްބަސް ވާނެއެވެ.

ނަރުދަމާގެ މައްސަލަ އަކީވެސް އެހާމެ ގިނަ މައްސަލަތަކެއް ހުރި ކަމެކެވެ. މިދިޔަ ހަފްތާގައި ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރާގައި ފުވައްމުލަކަށްވެސް ވަރަށް ވިއްސާރަ ކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ޖަންގުޝަންތަކުން ވަނީ މަގުމައްޗައް ލީކު ވެސް ކޮށްފައެވެ.. މިވަގުތު ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުން އެމްޑަބްލިއު އެސްސީ އާއި ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ މަައްސަލަ ހޯދިފައެވެ. މިއަދު މިކަމަށް ދާއިމީ ހައްލު ހޯދުމަށް ކުރަން ޖެހޭ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ރައްޔިތުން ނުހަނު އުފާ ކުރާނެ ކަމެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު