Advertisement
Advertisement

ފުވައްމުލަކުގައި އައު ރެސްޓޯރެންޓެއް ހުޅުވައިފި

ފުވައްމުލަކުގައި އެންމެ ފަހުން ހުޅުވި ހޮޓާ ކަމުގައިވާ އެޓަރަގްޒިސް ގްރޭންޑް އެންޑް ސްޕާގައި ހުންނަ ރެސްޓޯރެންޓް ޢާންމުންނަށް ހުޅުވާލައިފިއެވެ. ދަ ސްޕޮޓް ބައި އެޓަރަގްޒިސް ގެ ނަމުން ނަން ދީފައިވާ މިރެސްޓޯރެންޓް ޢާންމުންނަށް ހުޅުވިފައި ހުންނާނީ ހަވީރު 5:00 އިން ރޭގަނޑު 11:00 އަށެވެ.

Advertisement

މި ހިތްފަސޭހަ ރެސްޓޯރެންޓުން ދިވެހި ކެއުމާއި ހުޅަގު ގައުމުތަކުގެ ކެއުމުގެ އިތުރުން ދިވެހިންގެ ތެރޭގައި އެތައް މަގުބޫލުކަމެއް ހޯދާފައިވާ އިންޑިއާ ކެއުންވެސް ތާޒާކަމާއި އެކު ލިބެން ހުރެއެވެ.


މިހޮޓަލުގެ މަތީގައި ހަދާފައިވާ ޑެކަކީ ނުހަނު ހިތްގައިމުކޮށް ހަދާފައިވާ ތަނެކެވެ. އިރު އޮތްސޭ މަންޒަރުގެ އިތުރުން ސާފު ވައި ލިއްބައިދޭ ގޮތަށް ހދާފައިވާ މިހިތްގައިމު ޑެކްގައި ޕްރައިވެޓް ޑިނަރ ފަދަ ކަންކަން އިންތިޒާމުކުރެވޭނެ މަގުވެސް ވަނީ މިހާރު ހަމަޖައްސާފައެވެ. 

ދަ ސްޕޮޓް ބައި އެޓަރަގްޒިސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ޑެލިވަރީ ސާވިސް ލިބޭނެކަމުގެ މަޢުލޫމާތު ލިބެއެވެ. މިގޮތުން ފޯނު ނަންބަރ 6862021 އަށް ގުޅުއްވުމުން ޑެލިވަރީ ސާވިސް އާއި އެހެނިހެން މަޢުލޫމާތު ލިބޭނެއެވެ.

އެޓަރަގްޒިސް ގްރޭންޑް އެންޑް ސްޕާއަކީ ފުވައްމުލަކުގައި މިހާތަނަށް ހުޅުވުނު އެންމެ ފެންވަރު ރަގަޅު ހޮޓަލެވެ. އަދި މިއީ މިހާތަނަށް ފުވައްމުލަކުގައި ހުޅުވުނު ހަމައެކަނި 4 ތަރީގެ ހޮޓާކަންވެސް ފާހަނގަކޮށްލެވެއެވެ. 


ކިޔުންތެރިންގެ ހިޔާލު