Advertisement
Advertisement

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން 920 ދަރިވަރުން ދަސްވެނިވެއްޖެ

ހަސަން ހައްސާމް
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ބައެއް ދަސްވެނިން ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ބައެއް ދަސްވެނިން

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Advertisement

ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ފުރަތަމަ ހުޅުވުނު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ރޭ ބޭއްވީ 2020 އަދި 2021 ވަނަ އަހަރު އެކޮލެޖުން ކުރިއަށް ގެންދިޔަ ކޯސްތައް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި 37 ޕްރޮގްރާމެއް ފުރިހަމަކޮށް 920 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ.

ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސަނަދު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި މާސްޓާސް ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ 'ހުވަނދަގެ ވަހީދު' އެވޯޑާއި ބެޗެލާރސް ޑިގްރީ ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް 'މަދަރުސާގޭ ސައީދު' އެވޯޑު ހާސިލް ކުރި ދަރިވަރުންނަށް އެވޯޑު ހަވާލުކުރުން އޮތެވެ. އެފަރާތްތަކާއި އެވޯޑު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ރެކްޓަރ އަހުމަދު ނަފީޟް ވިދާޅުވީ އެކޮލެޖުން މަސައްކަތް ކުރަނީ ދިވެހި ގައުމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ދާއިރާތަކުން ދަރިވަރުންގެ ޖީބަށް ބުރަ ނުވާނެ ގޮތަކަށް ކޯސްތައް ހިނގުމަށް ކަމަށެވެ.

ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތައް ހިންގާ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ތިން ކެމްޕަސް ރާއްޖޭގައި ހުރެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު