ބާބާ ގާޑިޔާގައި ސޯލާ ޕެނަލް ހަރުކޮށްދީފި

ފުވައްމުލައް ސިޓީގައި މަގްބޫލް 'ބާބާ ގާޑިޔާ' ގައި ފެނަކަ އިން ސޯލާ ޕެނަލް ހަރުކޮށްދީފިއެވެ.
މިއީ ފެނަކަ ކޯޕަރޭޝަނުގެ ސީއެސްއާރުގެ ދަށުން ހިލޭ ސާބަހަށް އެ ކުންފުނިން ހަރުކޮށްދިން ސޯލާ ޕެނަލެކެވެ. މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ހަކަތައިގެ ދުވަހުގައި ބާބާ ގާޑިޔާ އިން މިހާރު ހިދުމަތް ފޯރުކޮށްދެމުން ދަނީ ސޯލާ ޕެނަލް މެދުވެރިކޮށް އިރުގެ ހަކަތައިން ކަރަންޓު އުފައްދައިގެންނެވެ.
"ބާބާ ގާޑިޔާއަކީ މި ރާއްޖޭގައި މިގޮތަށް ސޯލާ ޕެނަލް ހަރުކުރެވި ޚިދުމަތްދޭ ހަމައެކަނި ގާޑިޔާކަން ފާހަގަ ކުރަން. މިފަދަ އަގުހުރި ފުރުސަތެއް އަޅުގަނޑަށް ދެއްވައި ވެފައިވާ ވަޢުދުގައި ހަޤީޤީކުލަޖައްސަވައި ދެއްވީތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ސޯލިޙް އަށާއި ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަލްފާޟިލް އަޙްމަދު ސަޢީދު މުޙައްމަދު އާއި ފުވައްމުލައްސިޓީ އުތުރު ދާއިރާގެ މަޖިލީސް މެމްބަރ ދޮންބެ ރަޝީދު އާއި ސޯލާ ހަރުކޮށްދިން ފެނަކަ ޓީމަށާއި މިކަމުގައި އެހެނިހެން ގޮތްގޮތުން އެހީވެދިން ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން" ހަސަން އަތީގް
ބާބާ ގާޑިޔާ އަކީ ފުވައްމުލަކު ރައްޔިތުން އަދި ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މެހްމާނުންގެ މެދުގައި ވަރަށް މަގްބޫލު ގާޑިޔާ އެކެވެ. މި ގާޑިޔާ އިން ކޮފީ އާއި ސައިގެ އިތުރުން ކެއިންބުއިމުގެ ބައެއް ބާވަތްތައް ވެސް ލިބެން ހުރެއެވެ.