Advertisement
Advertisement

މިނިވަން ދުވަސް ކުލަގަދަކޮށް ފުވައްމުލަކުގައި

ފުވައްމުލައް ސިޓީގެ ޒުވާނުން އަދި ޖަމްއިއްޔާ ޖަމާޢަތްތައް ގުޅިގެން، ފުވައްމުލައް ސިޓީގައި މިނިވަންދުވަސް ކުލަގަދަކޮށް ފާހަނގަކުރުމަށް ނިންމައިފިއެވެ.

Advertisement

މިހަރަކާތް ރާވާ ހިންގުމުގެ އިސްކޮށް ހަރަކާތްތެރިވާ، ކެޕްޓަން އިރުޝާދު ވިދާޅުވީ، މިނިވަން ދުވަހާ ގުޅިގެން ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފެސްޓިވަލް ކުރިއަށް ދާނީ ޖުލައި 25 ވަނަ ދުވަހު ހަވީރު 04:00 ފެށިގެން ޖުލައި 28ވަނަ ދުވަހުގެ 11:00 ޖެހުމާ ހަމަޔަށެވެ. 

މި ފެސްޓިވަލް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ޢިޖްތިމާއި ގުޅުން ރަނގަޅުކުރުމާއި ގިނަ ވިޔަފާރި ތަކެއްގެ މުދާ އެއްތަނަކުން ޢާންމުނަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ފެސްޓިވަލްގައި ޢާއިލީ ހަވީރަކާއި، ވިޔަފާރި ސްޓޯލްތަށް އަދި މިއުޒިކް ޝޯއެއް ކުރިއަށް ދާނެކަމުގައި ކެޕްޓަން އިރުޝާދު މަޢުލޫމާތު ދެއްވައެވެ. 

"އާއިލީ ހަވީރު، ނައިޓް މާރކެޓް ސްޓޯލް އަދި ރާއްޖޭގެ މަޝްހޫރު ބޭންޑް ނުވަތަ ފަންނާނުން މިނިވަންދުވަހު ފުވައްމުލަކުން ފެނިގެންދާނެ" އިރުޝާދު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަސް ކުލަގަދަކޮށް ފާހަނގަ ކުރުން ފުވައްމުލައް ސިޓީގައި ރޭވިގެންދާއިރު ފުވައްމުލަކުގެ ގިނަ ވިޔަފާރި އަދި ޖަމްއިއްޔާ ޖަމާއަތްތަކުން މިކަމަށް ދަނީ އެއްބާރުލުން ދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު