Advertisement
Advertisement

ޒިކުރާ ޤުރުއާން މުބާރާތް 1446ގެ އެއްވަނައަށް އުމްރާ ދަތުރެއް އެމް.ޖޭ.އެސްގެ ފާޠިމަތު ރައިނާ ރާޟީއަށް

މުހައްމަދު ޝަހީދު

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި, ޒިކުރާ ޤުރުއާން މުބާރާތް 1446ގެ އެއްވަނައަށް މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމް.ޖޭ.އެސް) ގެ ފާތިމަތު ރައިނާ ރާޟީ ހޮވިއްޖެއެވެ.

Advertisement

މިއީ ފުވައްމުލަކު، ދޫޑިގަން، ވަސީމީގެ، މުޙައްމަދު ވަސީމާއި، ފުވައްމުލަކު، މިސްކިތްމަގު، ކެލާގެ، މުޙައްމަދުބެއަގެ ނަން ދިރުވާ އާލާ ކުރުމާއި އެ މަރުހޫމުންގެ ޒިކުރާ އާލާކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.  





މިމުބާރާތުގެ ނަތީޖާފާޅު ކުރުމަށްޓަކައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ޖަލްސާގައި މުބާރާތުން އެއްވަނަ ކާމިޔާބުކުރި ފާތިމަތު ރައިނާއަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރަކާއި، ޒިކުރާ އެވޯޑްގެ އިތުރަށް ދެމީހަކަށް މާލެ/ފުވައްމުލައް ދެކޮޅު ޓިކެޓް ހަވާލުކޮށް ދެއްވީ ޤުރުއާން މުބާރާތުގެ ނަތީޖާފާޅު ކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޖަމްއިއްޔަތުލް ސަލަފްގެ އިލްމުވެރިންގެ ކޮމެޓީގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރެވެ.





މިމަހުގެ 11 ން 16 އަށް ބޭއްވި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 11ވަނަ ޤުރުއާން މުބާރާތުގައި 350 ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގެ އިތުރުން މުޅި މުބާރާތުގެ ޝަރަފުވެރި ވަނަތައް ހޮވާފައެވެ.





ބަލައިގެން ކިޔެވުމުގެ ގޮފިން02 ވަނައަށް ހޮވުނީ އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރު މަރްޔަމް ހުނާ ޙަސަން އަށް ވަނީ ހަދާނީ ލިޔުމާއި، އިނާމުގެ އިތުރުން ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ހިންގާ 1 އަހަރުގެ ސެޓްފިކެޓް ލެވެލް 04 އެއްގެ ކޯހެއްގެ ސްކޯލާރޝިޕް ލިބިފައެވެ.









ބަލައިގެން ކިޔެވުމުގެ ގޮފިން ތިންވަނަ ލިބުނު ދަރިވަރުންގެ ނަންތައް.



· ފާޠިމަތު މީޝާ އަނީސް ، ޙާފިޒް އަޙްމަދު ސްކޫލް



· ފާޠިމަތު ނަވާލް ނާޝިދު ، ޙާފިޒް އަޙްމަދު ސްކޫލް



· މުޙައްމަދު ރާއިފު ޙުސައިން ،ހުވަދޫ ސްކޫލް



· ޔޫސުފް ޝަރަފުއްދީން އިބްރާހިމް ، މުޙައްމަދު ޖަމާލުއްދީން ސްކޫލް



ބަލައިގެން ކިޔެވުމުގެ ގޮފިން ތިންވަނައަށް ހޮވިފައިވާ ދަރިވަރުންނަށް ވަނީ ހަދާނީ ލިޔުމާއި އިނާމު ، އަދި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ހިންގާ 06 މަސް ދުވަހުގެ ސެޓްފިކެޓް ލެވެލް 03 އެއްގެ ކޯހެއްގެ ސްކޯލާރޝިޕް ލިބިފައެވެ.





ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނައަށް ހޮވިފައިވާ ހުވަދޫ ސްކޫލްގެ ރާހިން ބިން މުޙައްމަދު އަށް ހަދާނީ ލިޔުމާއި، އިނާމު އަދި ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް އިން ދޭ ޢުމްރާ ދަތުރު ވަނީ ލިބިފައެވެ.





މުޅި މުބާރާތުން އެމް.ޖޭ.އެސްގެ ފާތިމަތު ރައިނާ ރާޟީ ހޮވުނުއިރު ދެވަނައަށް ހޮވުނީ ހުވަދޫ ސްކޫލްގެ ރާހިން ބިން މުޙައްމަދެވެ. އަދި މުބާރާތުގެ ތިންވަނަ ކާމިޔާބުކުރީ ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލަކު ސްކޫލްގެ މިޝްޔާ މުސްތަފާއެވެ.



ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ބުނީ މިމުބާރާތުގެ 2 ވަނަ އަދި 3 ވަނައަށް ދިޔަ ދަރިވަރުންނަށް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ސްކޮލަރޝިޕާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ އިނާމު ދީފައިވާ ކަމަށެވެ.



މިޤުރުއާން މުބާރާތުން އެއްވަނަ ސްކޫލަކަށް މުހައްމަދު ޖަމާލުއްދީން ސްކޫލް ހޮވިފައިވާއިރު މުބާރާތުގެ 2 ވަނައަށް ދިޔައީ ޏ. އަތޮޅު ތަޢުލީމީރުކަޒެވެ. އަދި މުބާރާތުން 3 ވަނަ ޙާޞިލްކުރީ ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލެވެ.



ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދަވާ މިމުބާރާތުގައި މިއަހަރުވެސް ފުވައްމުލަކުގެ ސްކޫލްތަކުގެ އިތުރަށް ހުވަދުއަތޮޅުގެ ބައެއް ސްކޫލް ތަކުން ގިނަ ޢަދަދެއްގެ ކުދިން ބައިވެރިވިއެވެ.  

Advertisement
ކިޔުންތެރިންގެ ހިޔާލު