އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ފުވައްމުލަކަށް ތަޖުރިބާ ދަތުރެއް ކޮށްފި.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ފުވައްމުލަކަށް ތަޖުރިބާ ދަތުރެއް ކޮށްފިއެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ތަޢުލީމު ހާސިލުކުރަމުންދާ ގްރޭޑް 12 ގެ 31 ދަރިވަރުންނާއި އެ ސްކޫލުގެ އިސް ބޭފުޅުންގެ ޓީމެއް ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 26 އަދި 27 ވަނަ ދުވަހު ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށްފައެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަށް ޒިޔާރަތް ކުރުމާއި ގުޅިގެން އެސްކޫލުން އެދިފައިވާ ގޮތަށް ފުވައްމުލަކުގެ ތާރީޚާއި އާދަކާދައާއި ޘަގާފަތާއި އިޤުތިސާދާއި ރަށްވެހި ކަމުގެ ތަރައްޤީއާ ބެހޭ ޕްރެޒެންޓޭޝަނަކާއި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދެވުނެވެ.
މިސެޝަނުގައި މައުލޫމާތު ދެވުނު ދާއިރާތަކަކީ:
ފުވައްމުލަކުގެ ދަތުރުފަތުރާއި ލަފާފުރުމުގެ ނިޒާމު
މުއާޞަލާތީ އަދި އިޖުތިމާޢީ ގުޅުންތައް
މަސައްކަތްތެރިކަމާއި އިޤްތިޞާދީ ހަރަކާތްތައް
ބޭސްވެރިކަމާއި ޞިއްޙީ ޚިދުމަތްތައް
ފުވައްމުލަކުގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުން
އަޙްމަދިއްޔާ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންގެ މިޒިޔާރަތަކީ ފުވައްމުލަކު އާސަރީ އަދި ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާއި ގުޅުން ހުރި މަޢުލޫމާތު ހޯދުމާއެކު ތަފާތު މުޖުތަމަޢުގެ ދިރިއުޅުންހުރިގޮތް ތަޖްރިބާ ކުރުމަށްކުރި ދަތުރެކެވެ.