ފަތުރުވެރިންނަށް ޚާއްސަކޮށް ފުވައްމުލަކަށް ބާއްވަމުން އައި ޝެޑިއުލް ފުލައިޓް ކެންސަލް ކޮށްފި

މޯލްޑިވިއަން އިން ފުވައްމުލަކަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރު ތަކުގެ ތެރެއިން ހަފްތާއަކު ކޮންމެ ރެއަކު ކުރަމުން އަންނަ Q2129 ފުލައިޓް ކެންސަލް ކޮށްފި. ކަސްޓަމަރުންނަށް އީމެއިލް މެދުވެރިކޮށް އަންގާފައިވާ ކަމަށް ފުޅާ ދާއިރައެއްގައި ގެސްޓް ހައުސް ހިންގާ ފަރާތަކުން މައުލޫމާތު ދެއްވައިފިއެވެ.

މޯލްޑިވިއަން އިން ގެސްޓް ހައުސްތަކަށް ފޮނުވާފައިވާ އެންގުމުގައިވާ ގޮތުން ކުރިއަށް އޮތް ހައި ސީޒަނަށް ބޯޓުތަށް މަރާމާތު ކުރުމަށް ފުވައްމުލަކަށް ކުރާ ދަތުރުތަކުގެ ތެރެއިން އެ ފްލައިޓް ވަނީ ކެންސަލް ކުރެވިފައި ކަމަށެވެ. 

މިކަމާއި ގުޅޭގޮތުން ގެސްޓް ހައުސްތަކުން ވަނީ ކަންބޮޑުވުން ފާޅު ކުރަން ފަށާފައެވެ. އަދި މީގެ އިތުރުން ގިނަ ރައްޔިތުންތަކެއްވެސް ވަނީ މިކަމުގެ ކަނބޮޑުވުން ފާޅުކުރަން ފަށާފައެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލް މެމްބަރެއް ކަމަށްވާ އާމިނަތު އިނާޔާ ވިދާޅުވީ މޯލްޑިވިއަން އިން މިހާރު ފުވައްމުލަކަށް ކުރަމުންދާ ދަތުރު ތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި މަޝްވަރާ ކުރެވިގެން ކުރަމުން އަންނަ ދަތުރު ތަކެއް ކަމަށެވެ. ނަމަވެސް ދުރާލާ އެންގުމަކާއި ނުލައި މިގޮތަށް ކެންސަލް ކުރުމަކީ ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ގެއްލުމެއް ކަމަށެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު