އެފްއެޗްއޭއެމް – އެމްއެޗްއޭ އިންޓަރ ރިޒޯޓް ބެޑް ޑެކަރޭޝަން ކޮމްޕެޓިޝަން 2024 ފޯރިޔާއެކު ކުރިޔަށް

އައިޝް
އެފްއެޗްއޭއެމް – އެމްއެޗްއޭ އިންޓަރ ރިޒޯޓް ބެޑް ޑެކަރޭޝަން ކޮމްޕެޓިޝަން 2024 އެފްއެޗްއޭއެމް – އެމްއެޗްއޭ އިންޓަރ ރިޒޯޓް ބެޑް ޑެކަރޭޝަން ކޮމްޕެޓިޝަން 2024

އެފްއެޗްއޭއެމް – އެމްއެޗްއޭ އިންޓަރ ރިޒޯޓް ބެޑް ޑެކަރޭޝަން ކޮމްޕެޓިޝަން 2024 ފޯރިޔާއެކު ހެނދުނުން ފެށިގެން ކެރިޔަށް އެބަދެއެވެ.

މި މުބާރާތަކީ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އާއި މޯލްޑީވްސް ހައުސް ކީޕަރސް އެސޯސިއޭޝަން ގުޅިގެން ކުރިޔަށް ގެންދެވޭ މުބާރާތެކެވެ.

އަދި ހަމައެހެންމެ މިއީ މުޅި އޭޝިއާ ބައްރުގައިވެސް ކޮންމެ އަހަރަކު ބޭއްވޭ އެންމެ ބޮޑު ކަލިނަރީ އެގްޒިބިޝަންއެވެ.

މި މުބާރާތާއި ގުޅިގެން ރަށިކަބަރޮއަށް މަޢުލޫމާތު ދެއްވަމުން މޯޯލްޑިވްސް ހައުސް ކީޕަރސް އެސޯސިއޭޝަންގެ ކޯ ފައުންޑަރ އަދި ޖެނެރަލް ސެކްރެޓެރީ ޢަބްދުލް ޙަމީދު ޢަލީ ވިދާޅުވީ، މި މުބާރާތް މިއަދު ހެނދުނު 09:00- ފެށިގެން 18:00 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ކުރިޔަށްދާ މިމުބާރާތުގައި 21 ރިސޯޓަކުން ބައިވެރިވި އެވެ.

"މި މުބާރާތަކީ ރާއްޖޭގައި ހުރި، ހައި އެންޑް ރިސޯޓްތަކާއި، މިޑްރޭންޖް ލޯކަލް މެނޭޖްމަންޓްތައް، ހިމެނޭގޮތަށް ހުރިހާ ރިޒޯޓްތަކާއި ގެސްޓްހައުސްތަކަށް ދައުވަތު ފޮނުވިގެން ކުރިޔަށްދާ މުބާރާތެއް. އަދި މި މުބާރާތުގައި ގެސްޓް ހައުސްތަކާއި ރިޒޯޓްތަކުގެ ހައުސް ކީޕަރުންގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވޭ، " ހަމީދު ވިދާޅުވިއެވެ.

މިއަހަރުގެ މުބާރާތުގައި ތިން ތީމްއަކަށް މުބާރާތުގެ ބައިވެރިން ދުރާލާ ތައްޔާރުވެގެން އައިސް އެބޭފުޅުންނަށް ގުރުއަތުން ލިބޭ ތީމްއަކަށް ހުނަރު ދައްކާލުމަށް ފުރުސަތު ދެއްވާފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.

އަދި މުބާރާތުން ވަނަވަނަޔަށްދާ ފަރާތްތަކަށް އަގުހުރި އިނާމްތައްވެސް ކަނޑައަޅުއްވާފައިވާކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މުބާރާތުން ވަނަވަނަޔަށްދާ ފަރާތްތައް ހޮވުމުގައި ކޮންމެ ތީމަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމުގެ އިތުރުން މުޅި މުބާރާތުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަޔަށްދާ ފަރާތްތައް ހޮވުން ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގެ ތީމްތައް:

1. ހަނީމޫން ތީމް

2. ބަރތުޑޭ ތީމް

3. އެނިވަރސަރީ ތީމް

މުބާރާތުން ވަނަވަނަޔަށްދާ ފަރާތްތަކަށް ދެވޭ އިނާމްތައް:


  • 1 ވަނައަށް ދާފަރާތަށް ދެވޭ އިނާމް: ސްރީލަންކާގައި
    ބާއްވާ އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތާއި، މެޑަލް އަދި ޓްރޮފީގެ
    އިތުރުން 10،000 ރުފިޔާގެ ފައިސާގެ އިނާމް

  • 2 ވަނަޔަށްދާ ފަރާތަށް ދެވޭ އިނާމް: މެޑަލް އަދި
    ޓްރޮފީގެ އިތުރުން 7،000 ރުފިޔާގެ ފައިސާގެ އިނާމް

  • 3 ވަނަޔަށްދާ ފަރާތަށް ދެވޭ އިނާމް: މެޑަލް އަދި
    ޓްރޮފީގެ އިތުރުން 5،000 ރުފިޔާގެ ފައިސާގެ އިނާމް

މިއީ މިގޮތަށް ބާއްވާ 4 ވަނަ ބެޑްޑެކަރޭޝަން ކޮމްޕެޓިޝަންކަން ފާހަގަ ކުރައްވާ ހަމީދު ވިދާޅުވީ، މި މުބާރާތް ކޮންމެ އަހަރަކު ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހުނަރު އިތުރުކޮށް ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

މިއަދު ކުރިޔަށްދާ ފޯރިގަދަ މިމުބާރާތުގައި ފަރުމާ ފަރނިޗަރސް މޯލްޑިވްސްގެ ފަރާތުން މުބާރާތުގެ ކަންކަމަށް ވަރަށް ހާއްސަ އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަ ކުރައްވާ އެސޯސިއޭޝަންގެ މެނޭޖްމަންޓްގެ ފަރާތުން ފަރުމާ ފަރނިޗަރ މޯލްޑިވްސްގެ މެނޭޖްމަންޓަށް ހާއްސަ ޝުކުރެއް ވަނީ އަރިސް ކުރައްވާފައެވެ.

މި މުބާރާތުން އެއްވަނަޔަށްދާ ޓީމަކަށް ސްރީލްންކާގައި ކޮންމެ އަހަރަކު ބާއްވާ "ރޫމްސް ސްޓައިލިޝް ކޮމްޕެޓިޝަން"ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޮންމެ އަހަރަކުވެސް މި ދަތުރުގެ ބައިވެރިންގެ ހުރިހާ  ހަރަދުތަކެއް އެމްއެޗްއޭއިން ބަލަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ރިޒޯޓްތަކުން މިކަމަށްދެއްވާ އެއްބާރުލުމަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަރިސް ކުރައްވާފައެވެ.

މޯލްޑިވްސް ހައުސް ކީޕަރސް އެސޯސިއޭޝަން (އެމްއެޗްއޭ) ވުޖޫދުވެފައިވަނީ 2008ވަނަ އަހަރުއެވެ.

މި އެސޯސިއޭޝަންއިން ދަނީ ޓުއަރިޒަމް އިންޑަސްޓްރީގައި ހިމެނޭ ހައުސް ކީޕިންގް ދާއިރާގައި ހިމެނޭ ހުރިހާ އެންމެންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން މި އެސޯސިއޭޝަނުން މެދުކެނޑުމެއްނެތި މުޅި އަހަރުގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގެ މިފަދަ ތަފާތު މުބާރާތްތައް ދަނީ ބާއްވަމުންނެވެ.
އެމްއެޗްއޭއިން މައުލޫމާތުދެއްވި ގޮތުގައި، މި މުބާރާތަށްފަހު ދެން ކުރިޔަށްދާނީ މިއަހަރުގެ ފަހުކޮޅު ބޭޢްވުމަށް ހަމަޖެހިފައިވާ އެނުއަލް އެވޯޑްސް ނައިޓްއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު