ލޯނުތައް ނުދެއްކި، މޯގޭޖްކުރި ދެގެއެއް ނީލަމުގައި ވިއްކާލަނީ

އައިޝް
ބޭންކް އޮފް މޯލްޑިވްސް / --ފޮޓޯ: ސޯޝަލް މީޑިއާ ބޭންކް އޮފް މޯލްޑިވްސް / --ފޮޓޯ: ސޯޝަލް މީޑިއާ

މާފަންނު ދެގެއެއް ނިީލަމުގައި ވިއްކައިލަން ނިންމައިފިއެވެ.

ވިއްކާލަން ނިންމީ ނިންމީ ސަން ފްރަންޓް ލައިޓްޝޮޕްގެ ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި ބިސްބުރު ކައިރީގައި ހުންނަ މ. ބީޗްކޯނާ އެވެ.

މި ދެގެ ވިއްކާލަން ނިންމީ ގެ މޯގޭޖްކޮށް ނެގި ލޯނުތައް ނުދައްކައިގެން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މައުލޫމާތު ދެއްވިއެވެ.

ބީއެމްއެލްއިން ބުނީ، މި ދެގެވެސް  ވިއްކާލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށާއި، އެންމެ ބޮޑު އަގެއް ހުށަހެޅި ކަމަށް ބަލާނީ ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލެއް ނައިސް، ފަސް ދުވަސް ވުމުން ކަމަށެވެ.

މުއްދަތު ހަމަވާ ތާރީޚާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް ވެސް ބޭންކުން ވިދާޅުވިއެވެ.

792 އަކަފޫޓުގެ އިންފަރުއާގޭގެ ނީލަން ފެށޭ އަގަކީ 13 މިލިއަން ރުފިޔާއެވެ. އެ ގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 10 އަށެވެ. 

927.33 އަކަފޫޓުގެ ބީޗްކޯނާ ގޭގެ ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާ އެވެ. އަދި އެ އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 އެވެ.

ބީއެމްއެލްއިން ބުނީ ގިނަ ފަރާތްތަކުން ލޯނު ނެގުމަށްފަހު ލޯނު އަނބުރާ ނުދައްކާ ހުންނަ މައްސަލައާއި ގުޅިގެން އެތައް ދަތިތަކަކާއި ކުރިމަތި ލާންޖެހޭ ކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި މިފަދަ ލޯނުތައް ދެއްކެވުމަށް ނަސޭހަތްތެރިވާ ކަމަށްވެސް ބޭންކުން ބުނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު