ފުވައްމުލައް ސިޓީ ކައުންސިލް އެޕްރެންޓިސްޝިޕް ފެށިއްޖެ

ފޮޓޯ: ސިޓީ ކައުންސިލް ފޮޓޯ: ސިޓީ ކައުންސިލް

ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފއިވާ ފުވައްމުލައް ސިޓީ ކައުންސިލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފިއެވެ. 
މި ޕްރޮގްރާމަކީ މަސައްކަތުގެ ދުނިޔެއަށް ނިކުންނަ ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވާލަދީ ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މަސައްކަތުގެ މާހައުލުގައި އަޅައި ފުރަތަމަ ފިޔަވަޅަކީ ކުރިމަގުގައި މަސައްކަތުގެ ސަގާފަތާއި މަސައްކަތުގެ އަހުލާގު ގެންގުޅޭނެ ގޮތުގެ ބިންގާ އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަމިއްލައަށް ޒިންމާ ނެގުމާއި، ލިބިފައިވާ އިލްމު އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި، އެކުގައި މަސައްކަތްކުރާ އެހެން މީހުންނާއިއެކު އޮންނަންޖެހޭ ގުޅުމާއި މަސައްކަތުގެ މާހައުލުގައި ގެންގުޅެންޖެހޭ އާންމު އުސޫލުތަކަށް މިއެޕްރެންޓިސްޝިޕްގެ ބައިވެރިން އަހުލުވެރިކުރެވޭނެއެވެ.

މީގެ އިތުރުން ބަދަލުވަމުންދާ މިއަދުގެ މަސައްކަތުގެ މާހައުލަށް ބައިވެރިން އަހުލުވެރިކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގޭ ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތްކޮށް އެދާއިރާތަކުން އިލްމީ ތަޖުރިބާއާއި ތަމްރީނު ދިނުމާއި ވަޒީފާގެ އަމަލީ ތަޖުރިބާ ދިނުމާއި، މަސައްކަތް ރޭވުމަށާއި ވަގުތު މެނޭޖު ކުރުންފަދަ ކަންކަމަށް ބައިވެރިން އަހުލުވެރިކުރުމަށް ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާއިއެކު މަސައްކަތްކުރުމުގެ ފުރުސަތުވެސް މިޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ޕްރޮގްރާމުގައި 15 ޒުވާނުންނަށް ފުރުސަތު ދީފައިވާއިރު ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 1 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު