ފުވައްމުލަކު ސިޓީގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިއްޖެ.
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވަނީ. -- (ފޮޓޯ/ ރައީސް އޮފީސް)
ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުވައްމުލައް ސިޓީ އަށާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ފުވައްމުލަކު ސޓީއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ގައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްއްމަދު ޝަރީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ރަމްޒީކޮށް ޑޮލަރު ނަންގަވައި ފައެވެ.
މިލިޔުން ކިޔާލުމުން


