ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވައިފި

އައިޝަތު
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތުގެ ފެށުން- ފޮޓޯ: ރައީސް އޮފީސް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތުގެ ފެށުން- ފޮޓޯ: ރައީސް އޮފީސް

އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފައްޓަވާފައި ވަނީ ރައީސުލް ޖޫމްހޫރިއްޔާ  އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ސިޓީއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement

ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކުރެވުނު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބުދުﷲ މުއްޠަލިބެވެ. 

މި މަޝްރޫޢު ފްލެކްސިންކްއާއި ޙަވާލު ކުރެވިފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މި މަޝްރުއޫގެ އަގަކީ 469,787,688 ރުފިޔާއެވެ. މަޝްރޫއު ޙަވާލު ކުރައްވާފައިވަނީ 540 ދުވަސް ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން ޤާއިމު ކުރެއްވުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 400 ހައުސިންގ ޔުނިޓެވެ.

ކިޔުންތެރިންގެ ހިޔާލު