ފުވައްމުލަކު ސިޓީގެ ބަނދަރު ތަރައްޤީ ކުރުމަށް ހެވީ ފޯސް އާއި ޙަވާލު ކުރައްވާފި
ފުވައްމުލަކު ސިޓީގެ ބަނދަރު ތަރައްޤީ ކުރަން ހެވީ ފޯސްއާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރުން -- ފޮޓޯ: ރައީސް އޮފީސް
މި މަޝްރޫޢުގެ މަސައްކަތް ޙަވާލު ކުރައްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
އެ ރަސްމިއްޔާތުގައި އެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބުދުﷲ މުއްޠަލިބެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރު އެވެ.
މި މަޝްރޫޢު އެކުންފުންޏާ ޙަވާލު ކޮށްފައިވަނީ 02,929,871 ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމުމަށެވެ.
މިދެންނެވި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތާއި 290 މީޓަރުގެ ސަރަޙައްދެއްގައި ކީވޯލް ބްލޮކް ޖައްސައި ބަނދަރު ތަރައްޤީ ކުރެވިގެން ދާއިރު، 85 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ހެދޭނެ ކަމަށް ބެލެވެއެވެ.


