ރައީސުލް ޖުމްހޫރިއްޔާ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި
ރޭ ފުވައްމުލަކު ސްކޫލްގެ ހޯލުގައި ބޭއްވުނު ޖަލްސާގައި ރައީސް ވިދާޅުވީ ރައީސް ކަމަށް ވަޑައިގެންނެވުމަށް އެކި ކަންކަމުގައި ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގެ ގޮތުން މިއަދާއި ހަމައަށް އައިއިރުގައި ކުރެވިފައިވާ މަސައްކަތްތައް ހަޤީގަތަކަށް ހެއްދެވުމަށްޓަކައި، އެކަން ކަމުގެ ނަތީއްޖާ ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް މިއަދުގެ މި ދަތުރު ޚާއްޞަ ކުރެވިގެން ދާކަމާއި، އެކިކަންކަމުގައި ރައްޔިތުން ބޭނުންވެ ލައްވާފައިވާ މުހިއްމު ކަންކަމުގަ ޙަޤީޤީ ކުލަ ޖައްސާ ދިނުމަކީ ތިމަން މަނިކުފާނުގެ މަސްއޫލިއްޔަތެއް، އަދި ޒިންމާ އެއް ކަމަށެވެ. މިއަހަރުގެ މިއަދާއި ހަމައަށް އައިއިރު ރާއްޖޭގެ އިޤްތިޞާދު ވަށާޖެހޭ ތަރައްޤީއެއް ގެނެވޭނޭ ގޮތުގެ މަތިން ބައްޓަންކުރެވި، ރައްޔިތުންނަށް މިގޮތަށް ވެފައިހުރި ގިނަ ވަޢުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަހަރުގެ ކުރީކޮޅު ރައީސް އިޢުލާން ކުރެއްވި ގޮތަށް މިއަހަރާއި މިއަންނަ އަހަރަކީވެސް މިގޮތަށް ވީ ވަޢުތައް ފުއްދެވުމަށްޓަކައި ޢަމަލީ ގޮތުން މަސައްކަތްތަކެއް ކުރެވިގެންދާނެ ދެ އަހަރަށް ވެގެންދާނެ ކަމަށާއި، މިއަހަރު ފުވައްމުލަކު ސިޓީގައި ފެއްޓުމަށް ސޮއި ކުރެވިގެންދާ ގިނަ މަސައްކަތްތަކެއް ހަލުވި ދުވެލީގައި ބާރުމިނުގަ ކުރިއަށް ދާނެކަމަށެވެ. މިއަންނަ އަހަރު މަސައްކަތުގެ ބާވަތްތަކުން ބައެއް މަސައްކަތްތައް ނިމިގެންދާނެ ކަމާއި، ބޮޑެތި ބިޔަ މަޝްރޫޢުތައް އޭގެ ޒާތުގައި ނަގާ ވަގުތެއްނަގާ، ވީ އެންމެ ބާރު މިނުގަ ގޮސް ނިމޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ކުނި މެނޭޖް ކުރުމަކީ ވަރަށް ބޮޑު މައްސަލައެއްކަމާއި، ޚާއްޞަކޮށް ފުވައްމުލަކު ސިޓީގެ ކުނީގެ މައްސަލައަކީ ޙައްލުނުވެ އެތައް އަހަރަކަށް ދިގުދެމިފައިވާ މައްސަލައެއްކަމާއި، ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި ކުނީގެމައްސަ އަކީ ބޮޑު މައްސަލައެއް ކަމަށް ފާހަގަ ކުރެއްވިއެވެ. ދެކުނުގެ ހަތަރު އަތޮޅުގެ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ގއ.ގެ މީހުން ދިރި ނުއުޅޭ ރަށެއް ވެމްކޯއާއި މިހާރު ޙަވާލުކުރައްވާފައިވާ ކަމަށާއި، އެތަނުގައި ވޭސްޓް މެނޭޖްމަންޓް މަރުކަޒެއް ޤާއިމުކުރެވި އެތަނަށް ކުނި ގެންދަން ފެށުމުން ކުނީގެ މައްސަލަ ޙައްލުކުރެވިގެންދާނެ ކަމަށެވެ.
މި ޖަލްސާގައި ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރެވިގެން ދިއުމާއި، ފުވައްމުލަކު ސިޓީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެއްވުމާއި، ފުވައްމުލަކު ރައްޔުތުންނަށް ބޯހިޔާވަހިކަން ހޯއްދާވާ ދެއްވުމަށް ވެ ވަޑައިގެންނެވި ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ 400 ހައުސިންގ ޔުނިޓްގެ ތެރެއިން 75 ހައުސިން ޔުނިޓު ގާއިމުކުރުމަށް ގްލަޓް އިންވެސްޓް މަންޓްއާ ޙަވާލު ކުރެވުނެވެ.
ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސްއާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދުއެވެ.
މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު ޢިމާރާތުގެ މަސައްކަތް ނިމިގެންދާ އިރު އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި ލައިބްރަރީއަކާއި ކުލާސްރޫމަކާއި އިމާމު ރޫމަކާއި އޮފީސް ބައެއް ހިމެނޭގޮތަށް ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކު ސިޓީގައި ސްކޭޓް ޕާކެއް ތަރައްގީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލު ކުރެއްވުމުގެ ގޮތުން އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޢަބުދުالله ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ.
މި މަޝްރޫއަކީ 1.39 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 8,000 އަކަފޫޓުގެ ސަރަޙައްދެއްގައި ސްކޭޓް ޕާކެއް ތަރައްޤީ ކުރެވިގެން ދާނެއެވެ.
ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ
ޙަވާލު ކުރެއްވުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބުދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫއަކީ 168.52 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލު ކުރެވުނު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 6.58 ކިލޯމީޓަރުގެ 40 މަގު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އިރު، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި ސާވިސް ލައިން އެޅުމާއި ޤުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމާއި ޕޭވްމަންޓެއް ހެދުމާއި ދުއްވާ ސަރަޙައްދެއް ޤާއިމު ކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުވައްމުލަކު ސްކޫލުގައި ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ޙަވާލު ކުރެއްވުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. ޢަބުދުއްލަޠީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫއަކީ 19.79 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 16,272 އަކަފޫޓުގެ ސަރަހައްދެއްގައި 4 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވި ކޮންމެ ފަންގިފިލާ އެއްގައި 4068 އަކަފޫޓު ހުންނާނެ ކަމަށް އެމްޓީސީސީނވިދާޅުވެފައިވެއެވެ.
ފުވައްމުލަކުގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދެވެ.
މިއީ 15.18 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކުރެވުނު މަޝްރޫއެކެވެ.މި މަޝްރޫއުގެ ދަށުން 11,250 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ ޢިމާރާތެއް ބިނާ ކުރެވޭނެއެވެ.
ފުވައްމުލަކު ސިޓީގައި ޤާއިމުކުރާ ފުލުހުންގެ އެކޮމަޑޭޝަން ބްލޮކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީސް ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.
މިއީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 11,946 އަކަފޫޓުގެ ސަރަޙައްދެއްގައި ތިން ފަންގިފިލާގެ ޢިމާރާތެއް ބިނާ ކުރެވޭނެއެވެ.
ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ރަމްޒީކޮށް ޑޮލަރު ނަންގަވައިފައެވެ.


