206 މަޝްރޫއެއްގައި ސޮއިކޮށްފި
މަޝްރޫޢު ތަކާއި ސޮއި ކުރެއްވުމަށް ބޭއްވުނު ޙަފްލާގެ ތެރެއިން
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ޚާއްޞަ ޙަފުލާގައި ނުވަ ދާއިރާއަކުން 206 މަޝްރޫއުއެއް ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުގެ ދަށުން ދިވެހި ކުންފުނިތަކާއި ވަނީ ޙަވާލު ކުރައްވާ ފައެވެ.
ސޮއި ކުރެވުނު މަޝްރޫޢުތައް
- ކުޅިވަރުގެ ދާއިރާ - 52 މަޝްރޫޢު
- ތަޢުލީމީ ދާއިރާ - 31 މަޝްރޫޢު
- ދާޚިލީ ދާއިރާ - 39 މަޝްރޫޢު
- ދީނީ ދާއިރާ - 14 މަޝްރޫޢު
- ޞިއްޚީ ދާއިރާ - 30 މަޝްރޫޢު
- ތިމާވެށީގެ ދާއިރާ - 24 މަޝްރޫޢު
- މަސްވެރިކަމުގެ ދާއިރާ - 2 މަޝްރޫޢު
- ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާ - 13 މަޝްރޫޢު
- ޒުވާނުންގެ ދާއިރާ - 1 މަޝްރޫޢު
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫއުތަކާއެކު 216 މަޝްރޫޢު، ކުންފުނިތަކާ ޙަވާލު ކުރެވިފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ޙަވާލުކުރި ދުވަސްކަން ފާހަގަކުރެއްވި އެވެ. މި މަޝްރޫއުތައް ޙަވާލު ކުރެވިފައި ވަނީ އަމިއްލަ 53 ކުންފުންޏަކާއި އެވެ.


