އެމްޑީޕީ އިން ނޮވެމްބަރު 17 ގައި ބޭއްވުމަށް ނިންމާފައިވާ އެއްވުން ފަސްކޮށްފި

އައިޝަތު
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު

މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ޤައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބުރޭ)  ވިދާޅުވީ، ސަރުކާރުން އެއްވުން ބާއްވާނެ އެއްވެސް ތަނެއް ނުދޭން ނިންމާފައި ކަމަށެވެ. އެގޮތުން، އާޓިފިޝަލް ބީޗާއި، އަލިމަސް ކާނިވަލާއި، އުސްފަސްގަނޑު ފަދަ ތަންތަން އެއްވުމަށް ނުދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

އިބްރާހީމް ވަޙީދު ވިދާޅުވި ގޮތުގައި، ނޮވެމްބަރު 17 ގައި ބާއްވަން އުޅުނު އެއްވުމަކީ، އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވޭ ވަރަށް ވުރެ ބޮޑު އެއްވުމެކެވެ.

މި މަހު 17ގައި ބާއްވާ އެއްވުން ވަކި މުއްދަތެއް ނެތި ރޭ އޮތް ޤައުމީ މަޖިލީހުން ނިންމާފައިވަނީ، އެއްވުން ބާއްވާނެ ތާރީޚާއި ތަނާއި ވަގުތު ޕާޓީގެ ލީޑާޝިޕުން ނިންމެވުމަށްފަހު އިޢުލާން ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު