Advertisement
Advertisement

ފުވައްމުލަކުން ވާ ހުސްކުރެވިދާނެބާ؟

ފުވައްމުލަކަކީ އަނބު، ފޭރު އަދި މިނޫނަސް ވަރަށް މޭވާގެ ބާވަތްތަށް ހައްދާ ރަށެކެވެ. ނަމަވެސް ފަހަކަށް އައިސް ފުވައްމުލަކުގައި އެއްވެސް ބާވަތެއްގެ މޭވާއެއްގެ މަންފާއެއް ލިބޭގޮތް ނުވެއެވެ. އެހެންކަމުން ފުވައްމުލަކުން އެއްކޮށް ވާ ހުސްވެގެން ގޮސްފިއްޔާ ވަރަށް ގިނަ ބަޔަކަށް އޭގެ އުނދަގުލުން ސަލާމަތް ވެވުނީއެވެ.

Advertisement

 ނަމަވެސް ބައެއް ފަރާތްތަކުން ދެކޭގޮތުގައި ފުވައްމުލަކުން އެއްކޮށް ވާ ހުސްކޮށްލައިފިއްޔާ އީކޯސިސްޓަމަށް ބޮޑެތޮ ބަދަލްތަކެއް ދިމާވާނެއެވެ. އެގޮތުން އެހެން ބާވަތްތަކުގެ ދޫނި ސޫފާސޫފިއަށް އޭގެ އަސަރު ކުރާނެއެވެ.

ވާލުގެ އުނދަގުލަކީ ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ފުވައްމުލަކުގެ އެތެރޭގެ މަގުތަށް ހަލާކުވެފައި ހުންނާތީ ގިނަ ބަޔަކު ދަތުރު ކުރަނީ މުޅިންވެސް ނައިބުތުއްތު (ތާރު) މަގުންނެވެ. ބައެއްފަހަރު ވާލުތަށް ގަސްތަކުގައި ތިބެފައި އުދުއްސާލާގަޑި ދިމާވާނީ ކޮންމެވެސް މީހަކު ސައިކަލުން އައިސް އެހިސާބާ އަރާ ހަމަވާ ހިސާބުންނެވެ. އަދި މިތަކެތި ދަތުރު ކުރާނީ ވަރަށް ތިރި ތިރިންނެވެ. އެހެންކަމުން ބައެއްފަހަރު މީހުން މޫނުމަތީގައި ވެސް ޖެހި ބައެއް ފަހަރު ރައްޔިތުންނަށް އަނިޔާވެސް ލިބިފައި ހުރިކަމުގެ މަޢުލޫމާތުވެސް ލިބެއެވެ.

ފުވައްމުލަކުގައި ވާ އާލާވާން ފެށީ ވަރަށް ފަހުންނެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑިރެކްޓަރ ނިޖާހް ވިދާޅުވިގޮތުން ފުވައްމުލަކުގައި ވާލު ފެންނަން ފަށާފައިވަނީ 2002 - 2003 ހިސާބުގައެވެ.

ރަށިކަބަރޮ އިން ރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރެސް ކޮންފަރެންސްގައި ނިޖާހު ވިދާޅުވީ، އީޕީއޭ އާއި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ކައުންސިލުން ވާނީ ފުވައްމުލަކުގައި ވާލަކީ މީގެ ކުރިން އުޅުނު އެއްޗެއް ނޫންކަން ފާހަނގަ ކޮށްފައި ކަމަށެވެ. އެގޮތުން ފުވައްމުލަކުން ވާލު ފެންނަން ފަށާފައިވަނީ 2002 އާއި 2003 އާއި ދޭތެރޭގައި ކަން ފާހަނގަކޮށް އެވާހަކަ ވާނީ އެފަރާތްތަކާއި ހިއްސާކޮށްފައި ކަމަށެވެ. އެހެން ކަމުން ލަފާކުރެވޭގޮތުގައި ފުވައްމުލަކުން އެއްކޮށް ވާ ނައްތާލުމަކީ ކޮށްފާނެ ކަމެއް ކަމަށް ލަފާކުރެވެއެވެ.

ފުވައްމުލަކުގައި ގަސްގަހާގެހި އަދި މިނޫނަސް ތިމާވެށީގެ ކަންކަމުގައި އަމިއްލަ ވިސްނުން ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ރައްޔިތެއް ކަމަށްވާ އަފްރާހް (ހަނިމާ) ބުނީ ވާލު ހުސްކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ ކަމަކަށެވެ. އަދި މިނިސްޓްރީއިން ވެސް ވާ އެއްކޮށް ހުސްކުރަން ހުއްދަ ދީފާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. ސަބަބަކީ ވާލުގެ ސަބަބުން އީކޯ ސިސްޓަމަށް ކޮންމެވެސް ވަރެއްގެ ފައިދާތަކެއްވެސް ކުރާ އެއްޗަކަށް ވުމެވެ. ނަމަވެސް ވާލުގެ ސަބަބުން ބޮޑަށް ކުރަނީ ގެއްލުން ކަންވެސް ހަނިމާ ފާހަނގަ ކުރިއެވެ. އެގޮތުން މިހާރު މިރަށުން މޭވާ ލިބުމަކީ ވަރަށް ނާދިރު އުނދަގޫ ކަމެކެވެ. ގިނަ ބަޔަކު ދަނީ ބޮޑެތި އަނބުގަސްތައް ކަނޑަމުންނެވެ. ސަބަބަކީ އަނބު ނުލިބޭ ކަމަށްވާނަމަ ގަހުގެ މާ ބޮޑު ބޭނުމެއް ނެތީއެވެ. އެހެނީ އަނބު ގަހަކީ ވަރަށް ބޮޑަށް ކުނި ގިނަވާ ކަމެކެވެ. އެހެންވީމަ ބުނެވިދާނެ ވާލު ގިނަވެ ގަސްގަހުން މޭވާ ނުލިބޭތީ ބައެއް މީހުން ގަސްތަށް ކަނޑުމުގެ ސަބަބުން ތިމާވެއްޓަށް އޭގެ އަސަރު ކުރާނެ ކަން ކަށަވަރެވެ.

ކުރީގެ ކައުންސިލުން ވަނީ އަލްޓްރާ ސޮނިކް ސައުންޑް ބޭނުންކޮށްގެން ވާލު ދުރުކުރާ ނިޒާމްތަކެއް އަޖުމަ ބަލަން ބަހައްޓާފައެވެ. ނަމަވެސް އެއިން އެހާބޮޑު ފައިދާތަކެއް ކުރިހެން ހިއެއް ނުވެއެވެ. ފަހުން އެ ސިސްޓަމްގެ ޚަބަރެއް ނުވެ އެކަން ވަނީ ހުއްޓިފައެވެ. 

މިހުރިހާ ކަމަކަށް ބަލާލީމަ ސާފުވެގެންދާ އެއް ކަމަކީ ފުވައްމުލަކުގައި ވާ މަދު ކުރަން ޖެހޭކަމެވެ. އެހެން ކަމުން ރަށުގެ ގިނަ ރައްޔިތުން އެދޭ ގޮތަކީ މިކަމުގެ ހުއްދަ ވީހާވެސް އަވަހަށް ލިބިގެން ފުވައްމުލަކުގައި ވާ މަދުކުރުމުގެ ޕްރޮގްރާމެއް ވީހާވެސް އަވަހަކަށް ފެށިގެންދިއުމެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު
ޓޮމް
ހުސްކެރައްނަ ޖެހީގޭ އެއްތެއް ތީ.
Ahmed maan mohamed
ރަގަޅު ކަމެއް
ޚޕޔގ
ނުވާނެ ތިކަމެއް