Advertisement
Advertisement

"ކައިށި އެފްވީއެމް" ތެލަކީ ދިވެހިރާއްޖޭގައި އުފައްދާ އެންމެ ފެންވަރު ރަނގަޅު ކާށި ތެޔޮ!

ކައިށި އޮއިލް ފުޅިއެއް ކައިށި އޮއިލް ފުޅިއެއް

2018 ވަނަ އަހަރު ފެށިގެން އައި “ކައިށި އެފްވީއެމް” އަކީ މިހާރު ވަރަށް ކާމިޔާބު ވިޔަފާރިއެކެވެ. ކައިށި އެފްވީއެމްގެ ފަރާތުން "ރަށިކަބަރޮ" އާއި ވާހަކަ ދެއްކެވި އަމީން ބުނީ މި ނަން ކިޔުމުގައި އެންމެ ބޮޑަށް ވިސްނާފައިވަނީ މި ޕްރޮޑަކްޓް އަކީ ފުވައްމުލަކުގެ އުފެއްދުމަކަށް ވާތީ މި ޕްރޮޑަކްޓް އާއި އެކީ ފުވައްމުލައްވެސް ޕްރޮމޯޓް ކުރުމެވެ.

Advertisement

މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން ފެށުނު މިމަސައްކަތް ފެށިގެން އައީ އަމީންގެ ބޮޑު ބޭބެ އިބްރާހިމް ރަށީދު އާއި އޮސްޓްރޭލިއާ އަންހެނަކާއި ދެމީހުން ފުވައްމުލަކަށް ކުރި ޒިޔާރަތެއްގައި އަމީންގެ މަންމައާއި ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ. އެންމެ ފުރަތަމަ ފެށިގެން އައި އިރު މިމަސައްކަތް ކުރަމުން އައީ އެންމެ ކުރީޒަމާނުގައިވެސް ފުވައްމުލަކުގައި މިކަން ކުރަމުން އައި ގޮތަށެވެ. މިކަން މަސައްކަތް ކުރިން ކުރިގޮތް ކިޔާދެމުން އަމީން ބުނީ 2 ދުވަސް ވަންދެން ކިރު ބެހެއްޓުމަށްފަހު ކައްކުމަށްފަހު ތެޔޮ ވަކިވުމުން އެބައި ނެގުމަށްފަހު ވަކިން ކައްކާ ތެލާއި ތެލުގެ ކާވިގަނޑާއި ވަކި ކުރަނީ ކަމަށެވެ. މިކަން ކުރަނީ މިކަމަށް ޚާއްސަ އާލާތްތަކެއް ބޭނުންކޮށްގެންނެވެ. 

އަމީން އަކީ މި މަސައްކަތް ކުރުމަށް ވަރަށް ޝައުގުވެރިކަން ހުރި ފަރާތެކެވެ. މިކަމަކީ އަމީންގެ މަންމަ އަދި ބައްޕަގެ ވަރަށް ބޮޑު އުންމީދެއްކަން ފާހަނގަ ކުރެއްވިއެވެ.

ކާށި ތެޔޮ އިތުރަށް ދިރާސާކުރުމުގެ ގޮތުން ފުވައްމުލަކަށް މިކަމުގެ އެކްސްޕާޓުންވެސް ގެނެވުނު ވާހަކަ އަމީން ރަށި ކަބަރޮ އާއި ހިއްސާ ކުރިއެވެ. އެގޮތުން އޮސްޓްރޭލިއާގެ ތަޖުރިބާކާރެއްގެ އެހީތެރިކަމާއި އެކު މިމަސައްކަތަށް ޒަމާނީ ކުލަވަރު ގެނެވުމުގެ އަމަލީ މަސައްކަތް 2018 ވަނަ އަހަރު ފެށިފައިވެއެވެ. އެގޮތުުން އެކަމަށް ބޭނުންވާ އެންމެ ޒަމާނީ މެޝިނެރީސްތަށް ހޯދުމުގެ މަސައްކަތް ފަށާ، އެ މެޝިނަރީސްތަށް ބަލާ ދިރާސާކޮށް އެންމެ ފެންވަރު ރަނގަޅު މެޝިންތަށް ޝޯޓްލިސްޓް ކޮށް، 2019 ވަނަ އަހަރު ޝޯޓްލިސްޓް ކޮށްފައި ހުރި ކުންފުނިތަށް ބެލުމަށްފަހު ދެން ދިޔައީ މި މެޝިނަރީތަށް ބަލުމަށް އެކުންފުނިތަކަށް ގޮސްފައިވެއެވެ. އެގޮތުން ބެލި ބެލުމުން އެންމެ ރަނގަޅުކަމަށް ފާހަނގަ ކުރެވުނު މެޝިންތަށް ގަނެގެން ގެނެވުނީ ފުވައްމުލަކަށެވެ. މިއީ ފެކްޓްރީ ފުލް ފެކްޓްރީ ސެޓަޕެއް ކަންވެސް އަމީން އުފަލާއި އެކު ފާހަނގަ ކުރިއެވެ. އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން މެޝިންތަށް ގެނެސް އެސެމްބަލް ކުރި ދުވަސްވަރަކީ ކޮވިޑަށް ހުރިހާތަނެއްވެސް ބަންދު ކުރި ދުވަސްވަރެވެ. އެހެންކަމުން ކައިށި ފުވައްމުލަކަށް ވަރަށްބޮޑު ގޮންޖެހުމަކާއި ކުރިމަތި ލާންޖެހުނެވެ. އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖޭގައި ހިންގާ ގިނަ ރިޒޯޓްތަކެއް ބަނދު ކުރަން ޖެހުމެވެ.

ދެން ވެސް ނެގީ ބޮޑު ރިސްކެކެވެ. އެގޮތުން 2020 ވަނަ އަހަރުގެ ކުރީކޮޅު އެންމެ ފުރަތަމަ ޕްލާސްޓިކް ފުޅި ގަނެ ޕެކްކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް އެކުންފުނިން ފެށީއެވެ. ނަމަވެސް އަމީން ފާހަނގަ ކުރި ގޮތުގައި ކުރިއަށް އޮތް 2 މަހެއްހާ ދުވަސްތަކުގެ ތެރޭގައި 4 ވައްތަރެއްގެ ތެޔޮ ތައްޔާރުކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ކުންފުނިން އަންނަނީ ކުރަމުންނެވެ.

އެގޮތުން ޕިޔޮއާރ ވާޖިން ކޮކޮނަޓް އޮއިލް އާއި ފްރެގްނެންސް އޮއިލްވެސް މާކެޓަށް ނެރޭނެ ކަމަށް އެކުންފުނިން ހާމަ ކުރިއެވެ. ކައިށި ފުވައްމުލަކުން ބެލި ބެލުމުން މި ބާވަތްތަކުގެ ތެރޭން ކޮންމެ ތެލެއްގައިވެސް ތަފާތު ތަކެއް ހުރެއެވެ. ނަމަވެސް ވާޖިން އޮއިލް އަކީ އެންމެ ރަނގަޅު ތެލެވެ. ސަބަބަކީ މި ތެލަށް އެއްވެސް އިތުރު އެއްޗެއް އެޑެއް ނުކުރާތީއެވެ. މިތެލަކީ ޑެންޑްރަފް، ހެއާރ ފޯލް، ޑްރައި ސްކިން އަދި ރޭޝެސް އަށްވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. އޭގެ އިތުރުން ހޫނު ފެނުން ނުވަތަ ހޫނުގެ ސަބަބުން އަނދާ ތަންތަނަށްވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. މިކަން ވަނީ ބަލާ ތަޖްރިބާވެސް ކޮށްފައެވެ.

އިތުރަށް އަމީން ބުނީ އެހެން ކާށިތެލާއި މި ކާށިތެލާއި ހުރި އެންމެ ބޮޑު ތަފާތަކީ، މި ތެލުގައި ދުވާ ވަސް ވަރަށް ބޮޑުތަނުން މަޑުވެގެން ދިޔުމެވެ. މި ތެޔޮ ލުމަށްފަހު 5 ވަރަކަށް މިނިޓުވާއިރު ހުންނާނީ ވަރަށް މަޑުމަޑު ވަހެކެވެ. މިއީ އެންމެ ގިނަ ބަޔަކަށް މި ތެޔޮ ކަމުދާ އެއް ކަމަށެވެ. ކައިށި މިވަގުތު 4 ވަރަކަށް ރިޒޯޓަށް ސަޕްލައި ކުރަމުންދެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ހައި ކްލާސް ރިޒޯޓް ތަކުގެ ތެރޭގައި ބައެއް ރިސޯޓްވެސް ހިމެނޭކަން ފާހަނގަ ކޮށްލަން ޖެހެއެވެ.

އަމީން ބުނި ގޮތުގައި މާކެޓް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ ދިވެހިރާއްޖޭގެ މިފަދަ ވިޔަފާރި ތަކާއި ރިޒޯޓްތަކާއި ދެމެދު މާބޮޑު ގުޅުންތަކެއް ނެތުމެވެ. އެހެން ކަމުން މިފަދަ މަސައްކަތްތައް ކާމިޔާބު ކުރުމުގައި ރިޒޯޓްތަކުގައި މަސައްކަތްކުރާ އެންމެހާ ބޭފުޅުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުން މިހާރުވެސް ރާއްޖޭގެ ރިޒޯޓް ތަކަށް ކާށި ތެޔޮ ސަޕްލައި ކުރާ 3 ވަރަކަށް ކުންފުނި އެބަ އޮތެވެ. އަދި އެބައިމީހުން ތެޔޮ ސަޕްލައި ކުރަމުންދަނީ ވަރަށް ކުޑަ އަގަކަށް ވެފައި މިހާރުވެސް ސަޕްލައި ކުރަމުންދާތީ އިތުރަސް ފުރުސަތު ލިބިގެންދިއުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމެއްކަން ފާހަނގަ ކުރިއެވެ.

މިފަދަ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ އިޤްތިސާދާއި، ދިވެހިރާއްޖޭގެ އާއްމު މުޖުތަމަޢުއާއި ގުޅި ލާމެހިފައިވާ ކަމަކަށް ވުމުން ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާ ތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަކީ އެންމެހާ ފަރުދުންނަށްވެސް ދެބަސްވެވޭނެ ކަމެއް ނޫނެވެ.  

ރަށިކަބަރޮ ނިއުސް ޓީމުން އެދެނީ ކައިށި ފުވައްމުލަކުގެ ސަބަބުން ފުވައްމުލަކުގެ ނަން މުޅި ދުނިޔޭގައިވެސް ވިދާލުމެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު
ކޮންމެވެސް މީހެއް
ޓެސްޓު ކޮމެންޓެއް
ހެލޯ ހެލޯ
އިތުރަށް އަމީން ބުނީ އެހެން ކާށިތެލާއި މި ކާށިތެލާއި ހުރި އެންމެ ބޮޑު ތަފާތަކީ، މި ތެލުގައި ދުވާ ވަސް ވަރަށް ބޮޑުތަނުން މަޑުވެގެން ދިޔުމެވެ. މި ތެޔޮ ލުމަށްފަހު 5 ވަރަކަށް މިނިޓުވާއިރު ހުންނާނީ ވަރަށް މަޑުމަޑު ވަހެކެވެ. މިއީ އެންމެ ގިނަ ބަޔަކަށް މި ތެޔޮ ކަމުދާ އެއް ކަމަށެވެ. ކައިށި މިވަގުތު 4 ވަރަކަށް ރިޒޯޓަށް ސަޕްލައި ކުރަމުންދެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ހައި ކްލާސް ރިޒޯޓް ތަކުގެ ތެރޭގައި ބައެއް ރިސޯޓްވެސް ހިމެނޭކަން ފާހަނގަ ކޮށްލަން ޖެހެއެވެ.