ވެޓެރެންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވަނީ
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަަމަޖެހިފައިވާ ފުވައްމުލައް ސިޓީ ކައުންސިލް ވެޓްރެންސް ފުޓްސަލް މުބާރާތް 2024، ގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ސުންގަޑި އަކީ ސެޕްޓެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ 12:00އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ބައިވެރިވުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެންމެ ލަސްވެގެން މާދަމާގެ 12:00 އަށް، [email protected] އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކުޅެވޭނީ 40 އަހަރުން މަތީގެ ފިރިހެނުންނަށެވެ.