ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ޖޫނިއަރ އެތްލީޓުން އައު ރެކޯޑެއް ގާއިމްކޮށްފި

އައިޝް
4 ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމް-- ފޮޓޯ:ރައީސް އޮފީސް 4 ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމް-- ފޮޓޯ:ރައީސް އޮފީސް

ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން އައު ރެކޯޑެއް ގާއިމްކޮށްފިއެވެ. 

ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއަރ އަންހެން އަދި ފިރިހެން ޓީމުން ވަނީ ސަތޭކަ މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށްފައެވެ. އަންހެން އަދި ފިރިހެން ޓީމުން 100 މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއަރ އުމުރުފުރާގެ އައު ރެކޯޑަކާއިއެކުއެވެ. 

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11އިން 13އަށެވެ. 

މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.

ޤައުމަށް މި ހޯދައިދިން ރީތިނަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު