ކްލީން އެކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2025 ގެ ސެމީއަށް 4 ޓީމް ދަތުރު ކޮށްފި

އައިޝަތު
ކްލީން އެކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2025 ގެ މެޗް ތެރެއިން ކްލީން އެކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2025 ގެ މެޗް ތެރެއިން

މި މިބާރާތުުގެ ކްއާޓަރ ފައިނަލްގައި އިއްޔެރޭ ފުރަތަމަ ކުޅުނީ، ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި އެކުވެރި ހޯދަޑު ޓީމެވެ. މި މެޗް 1-6 ން ކާމިޔާބު ކޮށް ސެމީ ފައިނަލަށް ފިސްޑާ ވަނީ ދަތުރު ކޮށްފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިސްޑާ ގެ ޖާޒީ ނަމްބަރު 6 ޢަލީ އެވެ.

Advertisement

ދެވަނަ މެޗްގައި ކުޅެފައިވަނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އެސްސީ ދޫނޑިގަލޯނާ ޖޫނިއަރ އެވެ. މި މެޗް 1-21 ން ކާމިޔާބު ކޮށް ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ  ޑީއެސްއާރުސީ ގެ ޖާޒީ ނަމްބަރު 97 ޢަބްދުﷲ ޝާފިޢު އެވެ. ޑީއެސް އާރސީ މި މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ޕޮއިންޓް ޓޭބަލްގެ އެންމެ ކުރީގައި އޮވެގެންނެވެ.

ކްއާޓަރ ފައިނަލް ގައި ރޭ ފުރަތަމަ މެޗްގައި ކުޅެފައިވަނީ މާލެގަން ސްޕޯޓްސް ކްލަބާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މި މެޗް 2-7 ން ކާމިޔާބު ކޮށް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ މާލެގަން ސްޕޯޓްސް ކްލަބް އެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލެގަން ސްޕޯޓްސް ކްލަބުގެ ޖާޒީ ނަމްބަރު 6 ޙުސައިން ޝަރީފެވެ. މާލެގަން ސްޕޯޓްސް ކްލަބް ވެސް ސެމީ އަށް ދަތުރު ކޮށްފައި ވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ޕޮއިންޓް ޓޭބަލްގެ އެންމެ ކުރިން ޑީއެސް ސީއާރ އާއި އެއްވަރަކަށް ޕޮއިންޓް ލިބިގެންނެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ރޭ ދެވަނަ މެޗްގައި ހޯދަޑު ސްޕޯޓްސް ކްލަބާއި މިސްކިތްމަގު އެންމެންގެ ގުޅުން ޔުނައިޓެޑް ބައްދަލު ކުރި މެޗް ފަސޭހަ ކަމާއިއެކު 1-14 ން ކާމިޔާބު ކޮށްފައިވަނީ ހޯދަޑު ސްޕޯޓްސް ކްލަބެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯދަޑު ސްޕޯޓްސް ކްލަބުގެ ޖާޒީ ނަމްބަރ 11 އިނާން އަޙްމަދެވެ.

މާދަމާ ރޭ މި މުބާރާތުގެ ސެމީ ފައިނަލް ގެ ދެ މެޗް ކުޅޭއިރު، ކޮންމެ މެޗަކުން މޮޅުވާ ޓީމެއް ފައިނަލުގައި ކުޅޭނެއެވެ. މިއީ މާލެގަން ސްޕޯޓްސް ކްލަބް އަށް ތަށި މިލްކު ކުރުމަށް ލިބެގެންދާ ފުރުޞަތަކަށް ވީއިރު، ސެމީ ފައިނަލުން ބަލިވެއްޖެ ނަމަ އެފުރުޞަތު އެޓީމަށް ގެއްލިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު